ﷲގެ ޙަޟްރަތުގަ ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގު ބޮޑު 2 ރަކްޢަތް ކިތައް ފަހަރު ކޮށްފިންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ﷲގެ ޙަޟްރަތުގަ ދުނިޔެއާ ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގު ބޮޑު 2 ރަކްޢަތް ކިތައް ފަހަރު ކޮށްފިންތަ؟

ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެހެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އެ ދެރަކްޢަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ރަސޫލް (ﷺ) ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް ދުލެއް ނުކުރައްވަވައެވެ. އަދި ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި މި ދެ ރަކްޢަތް ކުރެއްވެވީ ވަރަށް ލުއިކޮށެވެ. އަދި އެންމެ ލުއިކޮށް ކުރެއްވެވީވެސް މި 2 ރަކްޢަތެވެ.

ސުވާލަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިފަދަ މަތިވެރިކަން ލިބިގެންވާ 2 ރަކްއަތް ކުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ކިތައް ދުވަހު ހެއްޔެވެ؟

--ޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ދަރުސަކުން

މިއަދު އޮންލައިން