އިސްވެ ދިއަ ހުރިހާ ފާފައެއް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު ނަގައިނުލާށެވެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އިސްވެ ދިއަ ހުރިހާ ފާފައެއް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު ނަގައިނުލާށެވެ!: ޝައިޚް ފަރީދު

އީމާންކަމާއި ސަވާބަށް އުންމީދުކޮށްގެން ރޯދަ މަހު ރޯދަ ހިފައިފި މީހާގެ އިސްވެ ދިއަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ!"

މިއީ ޞަޙީޙް މުސްލިމް ގައާއި ބުޚާރީގައި ބަޔާން ކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ.

މި ޙަދީޘޘްފުޅުގެ ތަފްޞީލު ބަޔާން ކުރައްވަވަމުން ޢިލްމުވެރިން ބަޔާން ކުރައްވަވާފައިވަނީ މި ޙަދީޘްފުޅުގައި "އިމާންކަމާއި ސަވާބަށް އުންމީދުކޮށްގެން ރޯދަ ހިފުން" ކަމަށް ބަޔާން ކުރައްވަވާފައި އެވަނީ ހަމައެކނި ނުކައިހުރުން ނޫން ކަމަށާއި އެއީ ރޯދަވެރިޔާ ފުރިހަމަކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރަމުން ރޯދަހިފުން ކަމަށެވެ.

އެގޮތުން ފަރުޟު ނަމާދުތައް ކުރުމާއި ކީރިތި ޤްރުއާން ކިޔެވުން ގިނަ ކުރުމާއި އަޅުކަމުގައި ހޭދަކުރާ ވަގުތު ގިނަ ކުރުމާއި ވީވަރަކުން ޞަދަޤާތް ކުރުމާއި އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމާއި ރޭ އަޅުކަން ކުރުމާއި މިފަދަ ހުރިހާ ކަންކަން ކުރުން ވެސް ހިމެނިގެންދާ ކަމަށެވެ.

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު

މިއަދު އޮންލައިން