ލޯބިވެރިން ކޮންމެ ދުވަހަކު، ކޮނަމެ ރެއަކު އެތައް ފަހަރަކު "އައި ލަވް ޔޫ" ލިޔެފައި މެސެޖުކުރެއެވެ. އެފަދަ ކުރެހުންތަކާއި ފޮޓޯތައް ފޮނުވައެވެ. އެކަކު އަނެކަކާއި ބައްދަލުވާން ހިތް އެދޭ މިންވަރު ހާމަކުރެއެވެ. އެކަމަށް ކެތްމަދުވެފައިވާވަރުވެސް ހާމަކުރެއެވެ.
ސުވާލަކީ ތިބާ އުފައްދަވައި، ތިބާއަށް ޢިލްމް ދެއްވަވައި ރިޒްޤް ދެއްވަވައި އެންމެހައި ނިޢްމަތްތައް މިންވަރު ކުރައްވަވާ ﷲ ތަޢާލާ އާއި ބައްދަލުކުރަން ބޭނުންވެގެން އެންމެ ފަހަރަކުވެސް އެދުނިން ހެއްޔެވެ؟ 24 ގަޑިއިރު ފާއިތުވެގެންދާއިރު އެންމެ ކުޑަމިނުން އެކަމުގެ މުހިންމުކަމުގެ ބޮޑުކަން ހިތްމައްޗަށް ގެނެވޭ ހެއްޔެވެ؟
އެންމެ ފަހަރަކު ނަމަވެސް ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންދެއްވެވުން އެދި ދުޢާކުރަން ހެއްޔެވެ؟
އިޚްލާޞްތެރިކަމާއިއެކު ﷲ ތައާލާ އާއި ބައްދަލުކުރަން އެދި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ. ވީމާ އެންމެންނަކީ ވެސް އެކަމަށް އެދި ދުޢާކުރާ ބައަކަށްވާށެވެ!
- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް: