އެސްފިޔަ ޖަހައިލުމެއް ފަދައިން ރަމަޟާން މަހުން ބޮޑުބައެއް ދިއައިރު ޚަޒާނާއިން ނެގުނީ ކިހައި ރަނެއް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އެސްފިޔަ ޖަހައިލުމެއް ފަދައިން ރަމަޟާން މަހުން ބޮޑުބައެއް ދިއައިރު ޚަޒާނާއިން ނެގުނީ ކިހައި ރަނެއް؟: މުފްތީ މެންކް

އެސްފިޔަ ޖަހައިލުމެއް ފަދައިން ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ހައި ދުވަސް ފާއިތުވެގެން ދިއައީއެވެ. ރަމްޟާން މަހު ކުރަން ހުރި ކަންކަމުން ކުރެވުނީ ކީއް ހެއްޔެވެ؟ އެއްވެސް ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ އެންމެ ކުޑަމިނުން ހެޔޮ އަމަލުތައް ކުރަން އާފދަ ކުރެވިއްޖެ ހެއްޔެވެ؟ ބަންގިއަށް އިޖާބަ ދެވެން ފެށިއްޖެ ހެއްޔެވެ؟

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ރަމަޟާން މަހަކީ މުސްލިމުންނަށް ދެއްވަވާފައިވާ ވަރަށް އަގު ބޮޑު ޚަޒާނާއެކެވެ. އެޚާޒަނާނާ ފުރިފައިވަނީ ރަނާއި އެންމެ ބޮޑު އަގު ބޮޑު ޖަވާހިރުތަކުންނެވެ. އެންމެ އަގު ބޮޑު މަޢްދަން ތަކުންނެވެ. އެ ޚަޒާނާގެ ދޮރުތައް ވަނީ އެންމެންނަށް ހުޅުވައިލެވިފައެވެ. އޮތީ ޚަޒާނާއަށް ވަދެ އެމީހަކަށް ނަގަން ކެރުނު ވަރަކަށް ނެގުމެވެ. ނަގައި އެމީހެއްގެ ޚަޒާނާއަށް އިތުރުކުރުމެވެ.

މީސްތަކުންނޭވެ! ރަމަޟާން މަހުގައި ދެ ބައެއް ވެއެވެ. އެއް ބައަކީ ކުރިން މިބުނި ފަދައިން ތިމާގެ ހެޔޮ އަމަލުތައް ގިނަކުރަން މަސައްކަތްކުރުމުގެ ބައެވެ. ދެން އޮތީ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ކުރަން ޖެހޭ މަސައްކަތްތަކެވެ. މިދެބައި ގުޅުވައިގެން ކުރިއަށް ގެންދިއުމުން މެނުވީ ރަމަޟާން މަހުން ލިބެނެން ޖެހޭ ފުރިހަމަ ފައިދާއެއް ނުލިބޭނެއެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުރެވޭ ބައެއް ފާފަތަކަކީ ވަރަށް ކުދި ފާފަތަކެއް ކަމަށެވެ. ނަމަވެސް އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ނުދެކޭށެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. ވީމާ ތައުބާވުމުގައި އެކަމަށް ސަމާލުކަން ދޭންވާނެއެވެ. ރަމަޟާން މަސް ނިމިގެންދާއިރު ތިމާ އަކީ ފާފަ ފޮހެވިގެން ނުދިއަ މީހަކު ކަމުގައިވެއްޖެނަމަ އެމީހަކީ އަބާއްޖަވެރިއެކެވެ. ވީމާ އެކަމުން ސަލާމަތްވެ ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީ ފާފަ ފޮހެވިފައިވާ މީހަކަށް ވުމަށްޓަކައި ކުރިން މިބުނި ފަދައިން ދެ ގޮތުން އެކުގައި ގަދައަޅައި މަސައްކަތްކުރާށެވެ.

އެ ގޮތުން ކުރަން ޖެހޭ ދެކަމަކީ ހެޔޮ އަމަލުކުރުން ގިނަ ކުރުމާއި ތައުބާވުން ގިނަކުރުމެވެ. އެއިރުންވާނެ ގޮތް ވެސް ބުނެދީފާނަމެވެ. ތިބާ ގެންގުޅޭ ތިޖޫރީގައި މިހާރު ކުނި، ބޭނުން ނުހިފޭ ތަކެތި ދާނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. ބޭނުންތެރި ރަނާއި ޖަވާހިރުތައް އެޅި މުޅި ތިޖޫރީ ދާނީ ފުރަމުންނެވެ! ފާފަތަކުން ސަލާމަތްވެ، ހެޔޮ އަމަލުތަކުން ފުރިގެންވާ ތިޖޫރީއެއް ފުރައިގެން ޤިޔާމަތް ދުވަހު ދެވިއްޖެ ނަމަ އެމީހަކަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން