ރަމަޟާން މަސް ހިނގަމުން ގޮސް މިރެއަކީ ފަހުދިހައިގެ 3 ވަނަ އޮނަހިރިއެވެ. 25 ވިލޭރެއެވެ.
ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށްޓަކައި އޮތީ ފަހުދިހައިގެ ހުރިހާ ރޭތަކެއްގައިވެސް މަސައްކަތްކުރުމެވެ. ޚާއްޞަކޮށް އޮނަހިރިވިލޭރޭތަކުގައެވެ.
އަހުރެންގެ ނަޞޭޙަތަކީ މިރޭވެސް ވީހައި ގިނައިރު އަޅުކަންކުރުމުގައި ހޭދަކުރުމުގައެވެ. މަޣްރިބަށް ދާގޮތަށް ތަރާވީޙް ނިމެންދެން މިސްކިތުގައި މަޑުކޮށްލާށެވެ. ގެއަށް އައިސް ލުއި ކެއުމެއް ކައިގެން އަވަހަށް (ކުޑައިރުކޮޅަކަށް) ނިދައިލާށެވެ. 2 ޖަހާއިރު ދަމުނަމާދަށް ދާށެވެ. ނިމިގެން ކުޑައިރުކޮޅަކު ކިޔަވައިލުން، ދުޢާކުރުން ، ޛިކުރުކުރުން ފަދަކަމެއް ކުރާށެވެ.
ހާރުކާށެވެ! ހާރުކައިގެން ފަތިސްނަމާދު ޖަމާޢަތުގައިކުރާށެވެ! އިރު އަރަންދެން މިސްކިތުގައި ޛިކުރުކުރުން މަތީގައި މަޑުކޮށްލުމަށްފަހު ޟުޙާ ނަމާދުކޮށްގެން ފައިބާށެވެ. އިން ޝާ ﷲ އެއރުން އެހުރީ ލައިލަތުލްޤަދްރވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރެވި އަނެއް ދުވަސްވެސް އެންމެ ހެޔޮ ގޮތުގައި ފެށިފައެވެ.
މީގެ އިތުރުންވެސް ޞަދަޤާތް ކުރުން ފަދަ ކަންކަން ކުރަންވާނެއެވެ. މިކިޔައިދިނީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުރަން އެދޭމީހާއަށް އަޅުކަމުގައި ރޭ ހޭދަކުރެވިދާނެ ގޮތުގެ ކުޑަކުޑަ ތާވަލެކެވެ. އެމީހަކަށް އެންމެ ފަސޭހަވާނެ ގޮތަކަށް އެމީހެއްގެ ތާވަލުރާވައިލާށެވެ. މުހިންމު ކަމަކީ ީހައިވެސް ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ.
- އިސްލާމީ ިލަފތުގެ ދަރުސަކުން