މިރޭ ހަތާވީސް! ދެން އިތުރަށް އޮންނާނީ އެންމެ އޮނަހިރިރެއެއް! ސަމާލުކަން އިތުރުކުރައްވައި ޢާއިލާގެ މީހުންނަށާ ގާތް އެންމެންނަށް ހަނދާންކޮށްލަދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިރޭ ހަތާވީސް! ދެން އިތުރަށް އޮންނާނީ އެންމެ އޮނަހިރިރެއެއް! ސަމާލުކަން އިތުރުކުރައްވައި ޢާއިލާގެ މީހުންނަށާ ގާތް އެންމެންނަށް ހަނދާންކޮށްލަދެއްވާ!

އެއްހާސް މައްސަރަށްވުރެ އިތުރުކަންބޮޑުވެގެންވާ ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮންރެއެއްކަމެއް ނުއެނގޭނެއެވެ. އޮތީ ފަހު ދިހައިގައި ސަމާލުކަން އިތުރުކުރުމެވެ. ޚާއްޞަކޮށް އޮނަހިރި ޜޭތަކުގައި ގަދައަޅައި މަސައްކަތްކުރުމެވެ!  

މިއަހަރުގެ ރަމަމާން މަހަށް ފަށައިގަތީ ޝައްކުގެ މަތީގައެއް ނޫނެވެ. ހަނދުފެނިގެންނެވެ. އެހެންކަމުން މިރެއަކީ 27 ވިލޭރޭކަމާއި ދެން އިތުރަށް އޮނަހިރި ރެއަކަށް އޮންނާނީ 29 ވިލޭރޭކަން އެއީ ހަމަ ޔަޤީން ކަމެކެވެ.  

ދުނިޔޭގައި ތިބި ނަމަ ކަސްރަތުވެސް ކުރެވޭނެއެވެ. ކުޅިވަރުވެސް ކުޅެވޭނެއެވެ. މައްސަލައަކީ އިތުރު ރަމަޟާން މަހަކާއި ބައްދަލުވެދާނެކަމުގެ ޔަޤީންކަން ނެތުމެވެ. ދުނިޔޭގައި ހުރިނަމަވެސް ދެން އަންނަ ރަމަމާން މަސް ފެށެންވާއިރު ތިމާއަށް ހުންނަން ޖެހޭނެ ޙާލަތު ނުއެނގޭކަމެވެ.  

ވީމާ މިހައިތަނަށް ގަދައަޅައި މަސައްކަތް ނުކުރެވޭ މީހުންވެސް މާޔޫސްނުވެ ރަމަޟާން މަހުން ބާކީ އޮތް ދުވަސްތަކާއި ރޭތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. މިރަމަޟާންމަހު ނަރަކައިން މިންޖުކުރައްވަވައި ސުވަރުގެ ވައްދަވާ އަޅަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

ތިރީގައިވާ ލިޔުންކޮޅުވެސް ވިދާޅުވާށެވެ! ފަހު ދިހައިގަ ދަނޑުތައް ނިއްވާލާފައި މިސްކިތްތަކުގެ އަލިގަދަކުރާށެވެ!  

ކުޅިވަރު ކުޅުމާއި ކަސްރަތަކީ ދުޅަހެޔޮކަމަށް ނުހަނު މުހިންމުކަމެކެވެ. ނަމަވެސް ރަމަޟާންމަހުގެ ބަރާތްކާތްރެރި ފަހު 10 ރޭ ވަކީން ޚާއްޞަކޮށް އޮނަހިރިރޭރޭގައި ޒުވާނުންނަށް ކުޅިވަރުގެ މައިދާންތައް ދެއްކުމުގެ ބަދަލުގައި މިސްކިތްތަށް ދައްކާށެވެ !  

ތަރާވީޙް ނަމާދާއި ދަމުނަމާދުގެ ސަފުތަކުގައި ހިތްވަރާއި ޖޯޝާއި ފޯރީގައި އެކުރެވޭ އަޅުކަންތަކުން ހިތާއި ނަފްސަށް އެލިބޭ ރޫޙާނީ ކަސްރަތަށްވުރެން ވަކި މޮޅު ކަސްރަތެއް މިފަހު 10 ނުވެއެވެ. ދަނޑުތަކާއި ކުޅިވަރު މައިދާންތަކުގެ ބައްތިތައް ނިވާލާފައި މިސްކިތްތަކުގެ ބައްތިތައް ދިއްލާލާށެވެ 

 

(މިލިޔުންކޮޅަކީ މުޙައްމަދު ޠޮއްޔިބް ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައިވާ ބަސްކޮޅެކެވެ. މިއީ ވަރަށް އަގުހުރި ނަޞޭޙަތަކަށްވާތީ ކިޔުންތެރިންގެ ސަމާލުކަމަސް ގެނައީއެވެ!)

މިއަދު އޮންލައިން