ސަޢޫދީ އެރަބިޔާގައި މުސްލިމުންނަށް އެތަނަކަށް ޒިޔާރަތް ކުރުން މަނާ ތަނެއް ވޭތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސަޢޫދީ އެރަބިޔާގައި މުސްލިމުންނަށް އެތަނަކަށް ޒިޔާރަތް ކުރުން މަނާ ތަނެއް ވޭތޯ؟

ސުވާލު:. ސަޢޫދީ އެރަބިޔާގައި މުސްލިމުންނަށް އެތަނަކަށް ޒިޔާރަތް ކުރުން މަނާ ތަނެއް ވޭތޯ؟ ވާނަމަ ތަފްޞީލް ވިދާޅުވެދެއްވަފާނަންތޯ؟ 

ޖަވާބު:. ސަޢޫދީ އެރަބިޔާގައި މުސްލިމުން ޒިޔާރަތްކުރުން މަނާތަނެއް ހުންނަކަމެއް ސީދާ ކަނޑައެޅިގެން އަޅުގަޑަކަށް ދަންނަވާކަށް ނޭނގޭ. އަޅުގަނޑުވެސް ގާތްގަޑަކަށް ފަސްވަރަކަށް އަހަރު ސަޢޫދީގާ ކިޔަވަން ހޭދަކުރިން. އެހެންނަމަވެސް ތިކަހަލަ އެއްވެސް ވާހަކައެއް އަޅުގަނޑަކަށް އަޑު އިވިފައެއް ނެތް. އަދި މީހުން ތިޔަކަހަލަ ވާހަކައެއް ދައްކާތީވެސް އަޅުގަނޑުމެން އަޑުއަހާފައެއް ނެތް، އަދި ތިކަހަލަ އެއްވެސް މަޢުލޫމާތެއް އެއްވެސް ގޮތަކުން އަޅުގަނޑަކަށް ލިބިފައެއްނެތް. 

އެހެންނެއް ނޫން، މައްކާ އަދި މަދީނާގައި އޮވޭ ޣައިރު  މުސްލިމުންނަށް ނުވަދެވޭ ހިސާބެއް. އެއީ ޙަރަމްފުޅުގެ ސަރަޙައްދު އެއީ ހަމައެކަނި މުސްލިމުންނަށް ވަދެވޭ ސަރަޙައްދެއް، އެއީ މުސްލިމުންނޫން އެހެން އެއްވެސް ބަޔަކަށް ނުވަދެވޭ ސަރަޙައްދެއް. އެހެންނަމަވެސް މުސްލިމުންނަށް އެތަނަކަށް ދިއުން މަނާ ސަރަޙައްދެއް އޮންނަ ކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތް. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން