އިންސާނާގެ ކިބައިގައިވާ ނުބައިކަމާ ދިމާއަށް ގެންގޮސްދޭ ބާރު 2 - ރުލިމަތީގަ ހުރެ ކުރާ ކަންކަމުގެ ޒިންމާއަކުން ނުރެކެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިންސާނާގެ ކިބައިގައިވާ ނުބައިކަމާ ދިމާއަށް ގެންގޮސްދޭ ބާރު 2 - ރުލިމަތީގަ ހުރެ ކުރާ ކަންކަމުގެ ޒިންމާއަކުން ނުރެކެވޭނެ!

ބައެއްފަހަރަށް ރުޅީގެ ވަގުތުގައި އިންސާނާ ހަލާކުގެ ތެރެއަށް ވެއްޓިދެއެވެ. އެކަމަކު އެޙާލަތުގައިވެސް އޭނާގެ މަސްއޫލިއްޔަތަކުން ނުރެކެވޭނެއެވެ. އެހެނީ އޭނާގެ ޢަމަލުތަކުގެ ލަގަން އޭނާގެ ޝައިޠާނާ އަށް ދޫކޮށްލީ ޚުދް އޭނާއެވެ. އަދި އެޝައިޠާނާ އެދޭހައި ގޮތަކަށް އޭނާގެ ދަތުރު މިސްރާބު ކުރީވެސް ހަމަ އޭނާމެއެވެ. 

ނުބައިކަމުގެ އެންމެމަތީ ދަރަޖައާހަމައަށް ވާޞިލުވުމަކީ އިންސާނީ މުޖުތަމަޢުތަކާއި އުންމަތްތައް ރޫޅިހަލާކުވެގެންދިއުމުގެ ސަބަބެވެ. އަދިހަމަ އެހެންމެ އުންމަތްތައް އިޞްލާޙުވެ ކުރިއަރައިދިއުމުގެ މަގަށް އެޅޭ ހުރަހަކީވެސް އަދި ޤަވްމީ ހޭލުންތެރިކަމާއި ފިކްރީ ހޭލުންތެރިކަން އުފައްދައި، އާދަމުގެ ދަރިވަންތަކަމުގެ މާތް ސިފަތައް ކުރިއަށްނެރެ އުންމަތްތަކަށް ދިރުންދިނުން މަނާކުރާ ކަމަކީވެސް ހަމައެއީއެވެ. 

މުޖްތަމަޢުގެތެރޭގައި މިނުބައިކަމުގެ ބާރު ފެތުރުމުން ޝައިޠަނީ ބާރުތަކުގެ ބޭނުންކުރާ ފަރާތްތަކަށް ތަޤްލީދުކުރުމަށް، ވިސްނުމުގެދާއިރާ ހަނިވެގެންވާ މީހުން މަސައްކަތް ކުރެއެވެ. އެއީ އެއްގޮތެއްގައި އެފަރާތްތަކަށް ދުނިޔެމަތީގައި  ލިބިގެންވާ ބާރާއި ޢިއްޒަތާ ހަމައަށް ވާޞިލުވެވިދާނެކަމަށް ޚިޔާލުކޮށްގެންނެވެ އަނެއްގޮތެއްގައި، އެފަރާތްތަކުން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވެ ތިބުމުގެ އުންމީދުގައެވެ. 

ކަންހުރިގޮތަކީ މިއީކަމަށްވީހިނދު، އިންސާނާގެ ކިބައިގައި ލައްވާފައިވާ ނުބައިކަމުގެ ނަޒްޢާތައް އަހުރެމެން ދިރާސާކޮށް، އެކަމުގެ ފަރުވާއަކީ ކޮބައިކަމާއި، އަދި އިސްލާމްދީން އެދީނުގެ މަންހަޖަށް އުންމަތުގެ ދަރީންނަށް ތަރްބިޔަތުދީގެން އެކަމުގެ ފަރުވާ ދީފައިވަނީ ކޮންފަދައަކުންކަން އަހުރެމެން ބަލައި ވިސްނައި ހެދުމަކީ ކޮންމެހެން ބޭނުންކަމެކެވެ. 

އަދި ނުނިމޭ 

( އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

 

މިއަދު އޮންލައިން