އީދު ބަންދުގައި ބީއެމްއެލްގެ ހިދުމަތްތައް ރޭވިފަަައިވާގޮތް ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނިންމަވާފައިވާ ގޮތަށް 30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށާއި ޢީދު ބަންދާ ގުޅިގެން 1 މޭ އިން 7 މޭ ގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށެވެ.
30 އޭޕްރީލް ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފައެވެ. 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައެވެ. އަޅުގަނޑުމެން އެދެނީ ކަސްޓަަމަރުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތައްތަކަށް އެދި ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބީއެމްއެލްއިން އެދިފައިވަނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށެވެ.