ރޯދަމަހުގެ ރޭގަނޑުގެ ވަޤުތުގާ ދެމަފިރިންނަށް އެއްދާންކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރޯދަމަހުގެ ރޭގަނޑުގެ ވަޤުތުގާ ދެމަފިރިންނަށް އެއްދާންކުރެވިދާނެތޯ؟

ސުވާލު:. ރޯދަމަހުގެ ރޭގަނޑުގެ ވަޤުތުގާ ދެމަފިރިންނަށް އެއްދާންކުރެވިދާނެތޯ؟ 

ޖަވާބު: ރަމަޟާން މަހުގެ ރޭގަނޑުގެ ވަޤުތުގައި ދެމަފިރިން އެއްދާން ކުރުމަކީ މައްސަލައެއްނޫނެވެ! 

" أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ " އެއާޔަތުގާ ކަނޑައެޅިގެން އެވަނީ ރޭގަނޑުގެ ވަގުތުގައި ތިޔަބައި މީހުންގެ އަނބިންނާ އެއްދާން ކުރުން الله سُبْحَانَهُ وَتَعَالَى އެވަނީ ޙާލާލު ކުރައްވާފަ، ނުވަތަ ހުއްދަކަމެއްގެ ގޮތުގައި ލައްވާފަ، 

އެހެންވީމާ، ރަމަޟާންމަހުގެ ދުވާލު ރޯދައަށް ތިބޭވަގުތު އެއީ ދެމަފިރިން ގުޅުން ހިންގުމުން ދުރުހެލިވެގެން ރައްކާތެރި ވެގެން ތިބެންޖެހޭނެ ވަގުތަކީ. އެހެންނަމަވެސް ރޯދަވީއްލުމަށްފަހުގައި ފަޖުރުލުމާ ދޭތެރޭގާ އެވާވަގުތު އެއީކީ ދެމަފިރިން ގުޅުންހިންގުން އެއްގޮތަކަށްވެސް މަނާވަގުތެއްނޫން، ބޭނުންކަމުގައިވަނީނަމަ އެވަގުތުގައި ގުޅުން ހިންގިދާނެ. އެއްވެސް މައްސަލައެއް އެކަމުގަ އޮތްކަމެއްނޫން އެކަމަކީ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން