ރަމަޟާން މަހު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ރޭއަޅުކަން ކުރުމަށެވެ. ރޭއަޅުކަންކުރަންވީ އެމީހަކަށް ކެރިކުޅަދާނަ މިންވަރަކަށެވެ.
ޚަތިމް ކުރަން ޚާއްޞަ މިސްކިތްތަކެއް ހުރުމަކީ ރަނގަޅު ކަމެކެވެ. ހަމައެފަދައިން ތަފާތު ސަބަބުތަކާއިހުރެ ގިނައިރު ނަމާދަށް ނުތިބެވޭ މީހުން ކުރުކޮށް ކިޔަވައިގެން ތަރާވީޙް ކުރުމަކީވެސް ހަމަ ކުރަންޖެހޭ ކަމެކެވެ. ބަލިމީހުން ތިބޭނެކަންވެސް ދަންނަންވާނެއެވެ.
އެކަނިހުރެ ގޭގައި ރޭއަޅުކަންކުރާއިރުވެސް އެމީހަކަށް ކެރިކުޅަދާނަ މިންވަރަކަށް ކިޔަވާށެވެ! އެންމެ މުހިންމީ ރޭއަޅުކަންކުރުމެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ރަމަޟާން މަހުގައި ނޫން ނަމަވެސް ރޭއަޅުކަންކުރަންވާނެއެވެ!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ގުޅުންހުރި ވީޑިއޯ: