ރަމަޟާން މަހުން އެންމެ ހިނދުކޮޅެއް އޮއްވައިވެސް ކަންނެތްވެ ފަރުވާކުޑަނުކުރާށެވެ! ފުރުޞަތު ގެއްލިދާނެއެވެ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރަމަޟާން މަހުން އެންމެ ހިނދުކޮޅެއް އޮއްވައިވެސް ކަންނެތްވެ ފަރުވާކުޑަނުކުރާށެވެ! ފުރުޞަތު ގެއްލިދާނެއެވެ.!

ރަމްޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް 27 ވިލޭރޭގެ ރޭއަޅުކަމާއި ފަތިސް ނަމާދަށްފަހު ރަމަޟާން މަހުގެ އަޅުކަން ނިންމައިލާ ބައަކު އަބަދުވެސް އުޅެއެވެ. މިއަދުގެ މެންދުރު ނަމާދުގައިވެސް މިދެންނެވި ކަންކަން ފާހަގަކުރެވުނެވެ. 

އެކަމަށް އިޝާރާތްކޮށް ބައެއް މީހުންބުނެއުޅެއެވެ. "ޞައްދާމް ޙުސައިން ރަމަޟާން މަހަށް ރާއްޖެ ފޮނުވާ މުސްލިމުން ވިލޭރެއަށްފަހު ފުރަން ފަށާނެއެވެ! މިސްކިތްތައް ބޮޑުތަނުން ފަޅުވަނީ އެމީޙުންތައް ފުރައި ނިމުމުންނެވެ!" 

އެގޮތަށް އެކަންވިޔަ ނުދޭށެވެ! އެމީހާ ކުރި ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ. ތިބާގެ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނީ ރަމަޟާން މަހުގެ އެންމެ ފަހުދުވަހުގެ އިރުއޮއްސޭ ވަގުތު ކަމުގައިވެސް ވެދާނެއެވެ! ވީމާ އާދޭސްކުރަމެވެ! 

ރަމަޟާން މަހުގެ އެންމެ ހިނދުކޮޅެއް އޮއްވައިވެސް ކަންނެތްވެ ފަރުވާކުޑަނުކުރާށެވެ! ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ! 

- ގުޅުންހުރި ވީޑިއޯއެއް:

 

 

 

މިއަދު އޮންލައިން