ސުވާލު:. ކީރިތި ޤުރްއާން ކިޔަވާއިރު ބުރުގާއެޅުން ވާޖިބުވާނެތޯ؟
ޖަވާބު:. އަޅުގަނޑުމެން ދިވެހިންނަށް ހީވެފާ އޮންނަކަމެއް އެއީ ކުރީގާ ފިރިހެނުންވެސް ޤުރްއާން ކިޔަވާނަމަ ބޮލުގާ ތާކިހަލެއް ނުވަތަ ރުމާލެއް އަޅަންޖެހޭނެކަމަށް އަދި އަންހެނުންވެސް ޤުރްއާން ކިޔަވާކަމަށްވަނީނަމަ ބުރުގާއަޅަން ޖެހޭނެކަމަށް.
އެހެންނަމަވެސް އެއީކީ އެންމެ ރަގަޅު ވިސްނުމެއްނޫން، ސަބަބަކީ ޤުރްއާން ކިޔަވާއިރުގާ ޚާއްޞަގޮތެއްގައި އޭނާ ހިލޭފިރިހެނަކު ނުފެންނަ ހިސާބެއްގާ އޭނަގެ އަމިއްލަ ކޮޓަރިތެރޭގަ ހުރެގެން ކިޔަވާއިރުގާ ކޮންމެހެން ބުރުގާއަޅާ ނިވާކުރާކަށް ލާޒިމެއްނޫން.
ހިލޭފިރިހެނުންނަށް ފެންނަ ހިސާބެއްގަ ހުރިކަމަށްވަނީނަމަ އޭނަ ނިވާ ކޮށްގެން ހުންނަން ޖެހޭނީ އެނޫން އެއްވެސް ޙާލަތެއްގައި ކޮންމެހެން ޤުރްއާން ކިޔަވާށޭ ކިޔާފަ ކޮންމެހެން ބުރުގާއަޅާ ނިވާ ކުރާކަށް ނުޖެހޭނެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް