ނިދާއިރު ކިޔަންޖެހޭ ވަކިދުޢާއެއް އޮވޭތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނިދާއިރު ކިޔަންޖެހޭ ވަކިދުޢާއެއް އޮވޭތޯ؟

ނިދާއިރު ކިޔަންޖެހޭ ވަކިދުޢާއެއް އޮވޭތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

ރަސޫލް (ﷺ) އަވަހާރަފުޅު ލެއްޕެވުމުގައިވެސް އަޚްލާޤިއްޔާތަށް ތަބަޢަވެވަޑައިގެން އަމަލުފުޅު ކުރެއްވެވިއެވެ. އެގޮތުން އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ވުޟޫ ކުރެއްވެވިއެވެ. ރަސޫލް (ﷺ) އަވަހާރަފުޅު ލައްޕަވަނީ ކަނައަތްޕުޅު ފަރާތަށް އޮންނަވައިގެންނެވެ.

އަވަހާރަފުޅު ލެއްޕުވުމުގެ ކުރިން މިދުޢާ ކުރައްވަވައެވެ. އަދި ނިދުމުގެ ކުރިން ދުޢާ ކުރުމަށް ވަނީ އަންގަވައިފައެވެ. އެއީ ނިދުމަށްފަހު ހޭލެވޭނެކަމުގެ ޔަޤީންކަން އޭނާއަށް ނެތުމުންނެވެ. އެހެންކަމުން އޭނާގެ އެންމެ ފަހު ބަހަކީވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ކަމުގައި ހެދުމަށެވެ.

 

الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

ރަސޫލް (ﷺ) ގިނަގިނައިން އަވަހާރަފުޅެއް ނުލައްޕަވައެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރެއްވެވީ އަޅުކަން ކުރެއްވެވުމުގައެވެ. ގިނަގިނައިން މަރު ހަނދުމަފުޅު ކުރައްވަވައެވެ. އަދި ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ހަނދުމަފުޅު ކުރައްވަވައެވެ.

އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު މިފަދައިން ދުޢާ ކުރައްވަވައެވެ.

بِاسْمِكَ أَمُوتُ وَأَحْيَا

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން