ފަތިސްވަޤުތުގާ މީހަކު ކަންފަތްކައިރީގައި ނަމާދަށް އަންނާށޭކިޔާ އަޑަށް އެބަހޭލެވޭ- އެއީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފަތިސްވަޤުތުގާ މީހަކު ކަންފަތްކައިރީގައި ނަމާދަށް އަންނާށޭކިޔާ އަޑަށް އެބަހޭލެވޭ- އެއީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:. ފަތިސްވަޤުތުގާ މީހަކު ކަންފަތްކައިރީގައި ނަމާދަށް އަންނާށޭކިޔާ އަޑަށް އެބަހޭލެވޭ އެއީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު: އަޅުގަނޑަށް ހީވަނީ ވަރަށް އުފާވެރި ކަމެއްކަމަށް! ޚާއްޞަ ގޮތެއްގައި ފަތިސްވަޤުތުގައި މީހަކު އައިސް ކަންފަތުގެކައިރީގައި ނަމާދަށް އަންނާށޭ ކިޔާފަ ގޮވާލީމަ އެހޭލެވުން ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ގަޑި އެލާމް ކޮށްގެންނަމަވެސް އެކިގޮތްގޮތުން ނަމަވެސް ފަތިސްނަމާދަށް ހޭލެވުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރަމު! 

އެހެންވީމާ އޭނައަށް އެހޭލެވޭ އެލާމެއްގެ ގޮތުގައި މީހަކުއައިސް ކައިރީގައި ނަމާދަށް އަންނާށޭ ކިޔާފަ ގޮވާލާ ގޮވާލުން އެއީހަމަ އުފާވެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް މާނަކުރެވެނީ. ދެން ފަހަރެއްގައި އެގޮތަށްވުން އެކަށީގެންވޭ! އޭނަ ނަމާދަށް ތެދުވުމަށް އެއޮންނަ ޢަޒްމެއްގެ ބޮޑުކަމުން ނުވަތަ އޭނަގެ ހިތުގެ ތެރޭގައި ފަތިސްނަމާދަށް ތެދުވުމަށް ހުރި ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން އަދި ނަމާދަށް ނުތެދުވެވިދާނެތީ ކަންބޮޑުވެފާ ހުންނަ ވަރުން އޭނާއަށް އިޙްޞާސް ކުރެވޭ އިޙްޞާސް ކުރެވުމަކަށް ވެސްވުން އެކަށީގެންވޭ. ފަތިސް ވާން ކައިރިވީމާ މީހަކު އައިސް އޭނާގެ ކަންފަތް ބުޑުގާ ކޮބާ ފަތިސްނަމާދަށް ތެދުވަންވީ ނޫންހެއްޔޭ ކިޔާފަ އެގޮތަށް ގޮވާގޮވުން.

ދެން ފަތިސްނަމާދުގެ ބަންގީގަވެސް މުޢައްޒިން، ނުވަތަ ބަންގިގޮވާމީހާ އެބަގޮވާ " الصّلاة خَيْرٌ من النّوم " ނަމާދަކީ އެއީ ނިދުމަށްވުރެން ހެޔޮކަންބޮޑު ކަމެކޭ! އެހެންވީމަ އެކަންވެސް އެބައާދޭ. އެހެންވެ އެހުރިހާ ގޮތަކުން ތިގޮތަށް މީހަކު ކަންފަތްބުޑުގާ ގޮވާލާ ގޮވާލުން އެއީހަމަ އުފާވެރި ރަގަޅު ކަމެއްގޮތުގައި އަޅުގަނޑަށް މާނަކުރެވެނީ.

 

--ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން