މިއަހަރުވެސް ރަމަޟާން މަހު ގިނަ ބައަކު ޢުމުރާވިއެވެ. ތިމާއަށް ޢުމުރާއަށް ނުދެވުނީތީ ދެރަވެ ހިތާމަވެސް ކުރެއެވެ. އެފަދަ ފުރުޞަތެއް ދެއްވެވުން އެދި ދުޢާކޮށްދޭންވެސް ގިނަ ބައަކު އެދެއެވެ. އަޅުގަނޑުގެ ދުޢާއަކީ ވީހައި ގިނަ ބައަކަށް އެކަމުގެ ފުރުޞަތު ﷲ ތަޢާލާ ފަހިކޮށްދެއްވެވުމެވެ.
ހައްޖާއި އުމުރާވުމަށް މުސްލިމުން އަބަދުވެސް ލޯބިކުރެއެވެ. ރަމަޟާން މަސް ލައިގަތުމުން އުމުރާ ވުމުގެ ދަހިވެތިކަން އިތުރުވެއެވެ. ޚާއްޞަކޮށް ފަހު ދިހައިގައި ދަހިވެތިކަން އިތުރަށް އިތުރުވެގެންދެއެވެ.
މިކަމުގައި އަބަދުވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ޢުމުރާވުމަށް ނުދެވޭ މީހުންނެވެ. އަތުގައި ފައިސާ ނެތް މީހުންނެވެ. މުސްލިމުންގެ ކަލާނގެ ﷲ ތަޢާލާއީ މިފަދަ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެނަވާ ރަސްކަލާނގެއެވެ. ފައިސާ ނެތް މީހުން އުޅޭކަމާއި އެމީހުންނަށްވެސް ނިޢްމަތްތައް ބޭނުންވާނެކަން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ވީމާ ޖަމާއަތުގައި ފަތިސް ނަމާދުކޮށްލާށެވެ. އަދި ކީރިތި ޤްރްއާން ކިޔެވުން، ޛިކްރް ފަދަ އަޅުކަމެއްގައި އިރު އަރަންދެން މަޑުކޮށްލާށެވެ. އިރު ބަމައަކަށް އެރުމުން، މިހާރުގެ ގޮތުން ބުނާނަމަ އިރު އަރައި 15 މިނިޓް ވުމުން ޟުޙާ ނަމާދުކޮށްލާށެވެ. އެއިރުން ތިބާއަށް ލިބިގެން އެދިއައީ ޙައްޖަކާއި ޢުމްރާއެއްގެ ސަވާބެވެ. އަތުން ހަމަ އެންމެ ރުފިޔާއެއްވެސް ޚަރަދު ނުކޮށެވެ.
Al-Tirmidhi narrated that Anas ibn Maalik (may Allaah be pleased with him) said: The Messenger of Allaah (peace and blessings of
Allaah be upon him) said: “Whoever prays Fajr in congregation then sits remembering Allaah until the sun rises, then prays two
rak’ahs, will have a reward like that of Hajj and ‘Umrah.” He said: The Messenger of Allaah (peace and blessings of Allaah be upon
him) said: “In full, in full, in full.”
This hadeeth was classed as hasan by al-Albaani in Saheeh al-Tirmidhi.
ހިތާމަކުރަންވީ އަތުގައި އުމުރާވާނެ ފައިސާ ނެތިގެނެއް ނޫނެއްނޫންތޯއެވެ! އެންމެ ރުފިޔާއެއް ޚަރަދު ނުކޮށްވެސް ޙައްޖަކާއި އުމުރާއެއްގެ ސަވާބު މިހައި ފަސޭހައިން ލިބޭނެ ގޮތް މިންވަރު ކުރެއްވެވުމުން އެ ފުރުޞަތުގެ ބޭނުން ހިފާ މީހުންގެ އަދަދު މަދުކަމުން ނޫންތޯއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން