ދެވަނަ ބާބު
ސިޙްރުގެ ޙަޤީޤަތް
- ސިޙްރުގެ ތާރީޚް.
- ހެވާއި ނުބަޔާ ދެމެދުގެ ގުޅުމާއި ސިޙްރު.
- ސިޙްރުގެ އަސަރު ފޯރުމުގެ ސަބަބު.
- ސިޙްރުވެރިއަކަށް ވެވޭނީ ކިހިނަކުން؟
ސިޙްރުވެރިޔާ ޝައިޠާނާއާ ބައްދަލުކުރަނީ ކިހިނަކުން؟
- ސިޙްރުވެރިޔާ އާއި ޝައިޠާނާއަ ދެމެދު ކުރެވޭ ޢަޤްދު.
- ސިޙްރުހެދުމަށް ބޭނުންކުރާ ތަކެއްޗާއި ސިޙްރުވެރިޔާގެ ޢަމަލުތައް.
- އެކުވެރިޔާ. (އަލްޤަރީނު)
ސިޙްރުގެ ތާރީޚް
ސިޙްރަކީ ވަރަށްކުރީއްސުރެން ފެށިގެން އިންސާނުންގެ ތެރޭގައި ޢަމަލުކުރެވެމުންއައި ކަމެކެވެ. މިގޮތުން ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ފަސްހާސް އަހަރު ކުރީން ފާރިސްކަރައިގައި ޒޯރޯސްތަރުއެވެ ކިޔުނު ސިޙްރުވެރިޔަކު ސިޙްރުގެ މަސައްކަތްކުރިއެވެ. މިސިޙްރު ވެރިޔަކީ ބެލެވޭ ގޮތުގައި ކަންޢާނީންނާއި މިޞްރުމީހުންނާއިހިންދުކަރައިގެ މީހުންނާއި މިނޫންވެސް މީހުން ސިޙްރުގެ މަސައްކަތުގައި އެމައްޗަށް ޢަމަލުކުރަމުން ދިޔަ އޭގެއަސާސްތަކާއި ގޮތްތައް ނުވަތަ މެތަޑްތައް ޤާއިމްކުރި މީހާއެވެ.
މިބައިމީހުންގެ ތެރެއިން ކޮންމެބައަކުވެސް ސިޙްރުވެރި ބާރާމެދުގައި އިޢުތިޤާދު ކޮށްއުޅޭ ވަކި ޚާއްޞަ އިޢުތިޤާދެއް ގެންގުޅެއެވެ. މިރޮގުން، ބައެއްމީހުން ދެކެނީ ބުޅަލާއި ކުއްތާގައި އެބާރު އެކުލެވިގެންވާ ކަމުގައެވެ އަނެއްބަޔަކު ދެކެނީ ކުދި ކުދި ދޫނިސޫފާސޫފީގައި އެބާރު ހިމެނިގެންވާ ކަމުގައެވެ.
މިގޮތުން ދޫނިސޫފާސޫފީގެ ލެއިން ސިޙްރުހެދުމާ ބެހޭގޮތުން ހިގާފައިވާ އާދަޔާޚިލާފު ނާދިރު ވާހަކައެއް އަހުރެމެންނާ ހަމައަށް އައިސްފައި ވެއެވެ. އެވާހަކަ މިތާގައި ނަޤްލުކޮށްލުމަށް ޤަޞްދުކުރަމެވެ،
އެއްފަހަރަކު ފާރިސީންގެ ލަޝްކަރާއި ޤުރްޠާޖިއްޔުންގެ ލަޝްކަރާ ދެމެދު ހަގުރާމައެއް ކުރިމަތިވިއެވެ. ފާރިސީންގެ ލަޝްކަރުގެ ޤާއިމު (ފްލެމިނިޔަސް) ސިޙްރުވެރީންގެ ރައީސަށް އަމުރުކުރީ ދޫންޏެއްކަތިލައި ސިޙްރުގެ ޢަމަލު ހިންގުމަށެވެ. އެއީ އޭނާގެ ޢަދުއްވުންގެ ލަޝްކަރު ބަލިވެ އިދަޖެހިގެންދާނެކަމުގެ ގެރެންޓީއެއް ލިބޭފަދަ ސިޙްރަކުންނެވެ. ދެން ސިޙްރުވެރިޔާ އޭނާ ޤަޞްދުކުޅަ ދޫންޏެއް ހިފައި ސިޙްރުގެ ޢަމަލު ހިންގުމަށްޓަކައި އޭތި ކަތިލުމުގެ ކުރިން އެއަށް ކާންދިނުމަށް އުޅުނުހިދު އޭތި އެކަމުން މަނަޢަވެގަތެވެ. މިހެންވުމުން ސިޙްރުވެރިޔާ ބެލީ އެކަމަކީ އޭނާގެ ޤާޢިދު ހަގުރާމައިން ބަލިވުމުގެ މައްޗަށް ދަލީލުކުރާ ޢަލާމާތެއް ކަމުގައެވެ. ވުމާއެކު އެސިހްރުވެރިޔާ ޤާޢިދަށް އިންޒާރުކޮށް ދެންނެވީ އެދުވަހު އޭނާގެ ޢަދުއްވުންގެ މައްޗަށް ޙަމަލާ ނުދިނުމަށެވެ. އެއީ އެކަމުގެ ނަތީޖާ ނުބައިވެދާނެ ކަމަށްޓަކައެވެ. އެހެންނަމަވެސް ސިޙްރުވެރިއާގެ ވާހަކައަށް މަލާމާތުގެ ގޮތުން ޤާޢިދު، ކަކަކަކަ އަޅާފައި ހީނގަތެވެ. އަދި ސުވާލުކުރިއެވެ. ތިޔަހެންކަމަށް ވެއްޖިއްޔާ އެދޫނި މިއަދު ނުވަތަ މާދަމާ ނުވަތަ އޭގެ އަނެއްދުވަހު ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތަކަށް، ކެއުމުން މަނަޢަވެގެންފިނަމަ ދެންހަދާނީ ކިހިނެއްހެއްޔެވެ؟ ސިޙްރުވެރިޔާ ޖަވާބުދިނެވެ. އެހެންވެއްޖެނަމަ ޤާޢިދުގެ މައްޗަށް ލާޒިމުވެގެންވަނީ އިންތިޒާފުކުރުމެވެ. ނަމަވެސް ސިޙްރުވެރިއާގެ މިނަޞޭޙަތަށް ޤާޢިދުކުރީ މަލާމާތެވެ. އަދި ހަމައެވަގުތު ދޫނި ކަތިލައި ސިޙްރުހެދުމަށް އޭނާއާށް އަމުރުކުރިއެވެ. އެކަމަކު އޭނާ އެކަމާ ދެކޮޅުހެދިއެވެ. ނަތީޖާއަކަށްވީ އެކަމުގެ ޖަޒާއެއްގެގޮތުން ސާޙިރުޤަތުލުކުރުމެވެ. އެއަށްފަހު ޤާޢިދު ފްލެމިނިޔަސް އޭނާގެ ލަޝްކަރަށް އަމުރުކުރީ ޤުރްތާޖީންގެ ލަޝްކަރަށް ޙަމަލާ ދިނުމަށެވެ. ދެން ހަގުރާމަގަޑު ހިގައިގެންފިއެވެ. އަދި ފްލެމިނިޔަސް ޤަތުލުވެއްޖެއެވެ. އަދި އޭނާއާއެކު އޭނާގެލަޝްކަރުން ފަނަރަހާސް މީހުން ޤަތުލުވެގެން ހިގައްޖެމެއެވެ.
ކަލްދާނީންނޭ ކިޔުނު މީހުންގެ ސިޙްރުވެރީން މުހިންމުކަންދީ އުޅުނީ ޕްލެނެޓްތަކާއި ތަރިތައް ދިރާސާކުރުމަށެވެ.
އަދި ނުނިމޭ
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)