ގަސްތުގައި އެންމެ ނަމާދެއް އެޅިޔަސް އެމީހަކު އެހިފާ ރޯދަ ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ގަސްތުގައި އެންމެ ނަމާދެއް އެޅިޔަސް އެމީހަކު އެހިފާ ރޯދަ ޞައްޙަވާނެތޯ؟

ސުވާލު:. ގަސްތުގައި އެންމެ ނަމާދެއް އެޅިޔަސް އެމީހަކު އެހިފާރޯދަ އެމިހަކު އެހިފާ ރޯދަ ޞައްޙަވާނެތޯ؟ 

ޖަވާބު:. ޝަހާދެއްކިޔާ އިސްލާމް ވުމަށްފަހުގައި ދެންއޭނަ އެންމެފުރަތަމަ އިސްލާމް ދީނުގައި ކުރަންޖެހޭ ކަމަކީ ނަމާދު. ނަމާދަކީ އެއީ ދީނުގެ ތަނބު ރަސޫލުﷲ ޙަދީޘް ކުރައްވަނީ " الصَّلاة عِمَادُ الدِّيْن " ނަމާދަކީ އެއީ ދީނުގެ ތަނބޭ "فَمَنْ أَقَامَهَا فَقَدْ أَقَامَ الدِّيْن " ނަމާދު ޤާއިމް ކޮށްފިކަމަށް ވަނީނަމަ އޭނާގެ ދީން އޭނާ ޤާއިމް ކޮށްފިއޭ " وَمَنْ هدَمَهَا فَقَد هدَمَ الدِّيْن  އަދި فَمَنْ تَرَكَهَا فَقَد هَدَمَ الدّيْن : أوكما قَالَ   "  ނަމާދެއް ދޫކޮށްލައިފި ކަމަށްވަނީނަމަ އޭނާގެ ދީން މުގުރާލައިފިއޭ. 

ދެން އަނެއް ޙަދީޘެއްގައި މިއަންނަނީ އަޅާޔާއި ކާފިރުކަމާދޭތެރޭ ގައިވާ ތަފާތަކީ އެއީ ނަމަދު ކުރުމޭ. މުސްލިމުންކަމަށް ވަނީނަމަ ނަމާދު ކުރާނެ. ކާފަރުން ކަމަށް ވަނީނަމަ ނަމާދެއް ނުކުރާނެ. އެހެންވީމާ ނަމާދު އެއީ އެންމެ މުހިންމު ކަންތައްތައް. ނަމާދު ނުކޮށް އަޅުގަނޑުމެން ކުރާ އެއްވެސް ހެޔޮ ޢަމަލެއް އެއީ ﷲ ގެ ޙަޟްރަތުގާ ޤަބޫލު ކުރައްވާނެ ޢަމަލެއްނޫން. އެހެންވީމާ ނަމާދަށް ފުރިހަމަޔަށް ރައްކާތެރިވާން ޖެހޭނެ. އެންމެ ނަމާދެއްވެސް އަޅުގަނޑުމެން ފަރުވާކުޑަކޮށް ދޫކޮށްލައިގެން ނުވާނެ.

ރަސޫލުﷲ ޙަދީޘް ކުރައްވަނީ " مَنْ تَرَكَ الصَّلاة  عَبْدًا فَقَد كَفَرِ" ޤަސްތުގާ ނަމާދެއް އަޅައިފިކަމަށްވަނީނަމަ އެމީހަކު ކާފިރު ވެއްޖެކަން ކަށަވަރެވެ. އެހެންވީމާ ނަމާދު ދޫކޮށްލުމަކީ އެއީ އެމީހާ އިސްލާމް ދީނުން ބޭރުވެގެންވާ ފަދަ ނުރައްކާތެރި ކަމެއް. އެހެންވީމާ އެއްވެސް ޙާލެއްގައި ނަމާދަށް ފަރުވާ ކުޑަކޮށް ނަމާދެއް ދޫކޮށްލައިގެންނެއް ނުވާނެ. 

އަޅުގަނޑުމެން ރޯދަ ހިފަން އެހާ ޚާއްޞަ ސަމާލުކަމެއްދޭ އިރުގާ ނަމާދަށް އެޔަށްވުރެންބޮޑަށް ސަމާލުކަންދޭން ޖެހޭނެ. ސަބަބަކީ ނަމާދު ފުރިހަމަނުކޮށް ދެން އަޅުގަނޑުމެން ހިފާ ރޯދަޔެއްވެސް، އަޅުގަނޑުމެންދޭ ޒަކާތެއް ވިޔަސް، އަޅުގަނޑުމެން ކުރާ ޞަދަޤާތެއްވިޔަސް، އެއްވެސްކަމެއް އެކަމަކީ އެއީ ﷲގެ ޙަޟްރަތުގާ ޤަބޫލު ކުރެވިގެންވާ ކަމަކަށް ނުވާނެ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން