"ހަރޯދަ ހިފަންޖެހޭ ގޮތް ޙަދީޘްފުޅުން ވަރަށް ސާފެވެ. ހަރޯދަހިފަން އޮތީ ރަމަޟާން މަހު ހިފަންޖެހޭ ރޯދަ ހިފުމަށްފަހުގައެވެ. އެކަން ފުރިހަމަވާނީ ޤަޟާކުރަންޖެހޭ ރޯދައެއް ހުރިނަމަ ޤަޟާކުރުމުންނެވެ. ރަމަޟާން މަހު ރޯދަހިފަންފެށިތަނުން ޙާލަތެއް މެދުވެރިވެގެން ރޯދަތައް ނުހިފުނު މީހާ ފުރަތަމަކަމަށް އޮތީ ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކޮށް ނިންމުމެވެ."
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
"ފާއިތުވެފައިވާ ރޯދަތައް ޤަޟާކުރުން ލަސްކުރުމަކީ ރިސްކެކެވެ. އެރޯދަތައް ފަހުން މުޅި އަހަރުދުވަހުގެ ތެރޭގައިވެސް ހިފިދާނެ ކަމަށް ބުނާ މީހުން ގާތު އަހައިލަން ބޭނުންވަނީ އެ ރޯދަތައް ހިފައި ނިންމަންދެން އޭނާ މަރުނުވެހުންނާނެކަމުގެ ޔަޤީންކަން ލިބުނީ ކިހިނަކުންތޯއެވެ؟ ޤަޟާކުރަން ޖެހޭ ރޯދަ ޤަޞާ ނުކުރެވި އޮވެއްޖެނަމަ އެއީ ދަރަންޏަކަށްނުވާނީތޯއެވެ؟ ވީމާ ފުރަތަމަ ކަމަކަށް ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ އެއީއެވެ."
- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
"އަޅުކަމުގައި އިސްކަންދޭންޖެހޭނީ ފަރުޟުއަދާކުރުމަށެވެ. އެހެނީ އެއީ ދަރަންޏެކެވެ. ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ."
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު