އެއްދާން ނުކުރަން އަނބިމީހާޔަށް ނުވަތަ ފިރިމީހާޔަށް ދެއްކިދާނެ ޢުޛްރަކީ ކޮބައިތޯ؟ ޢުޛްރެއް ނެތި އެއްދާން ނުކުރާނަމަ ކާވެނި ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެއްދާން ނުކުރަން އަނބިމީހާޔަށް ނުވަތަ ފިރިމީހާޔަށް ދެއްކިދާނެ ޢުޛްރަކީ ކޮބައިތޯ؟ ޢުޛްރެއް ނެތި އެއްދާން ނުކުރާނަމަ ކާވެނި ޞައްޙަވާނެތޯ؟

ސުވާލު:. އެއްދާން ނުކުރަން އަނބިމީހާޔަށް ނުވަތަ ފިރިމީހާޔަށް ދެއްކިދާނެ ޢުޛްރަކީ ކޮބައިތޯ؟ ޢުޛްރެއް ނެތި އެއްދާން ނުކުރާނަމަ ކާވެނި ޞައްޙަވާނެތޯ؟ ޢުޛްރެއް ނެތި އެއްދާން ނުކުރާނަމަ ލިބޭނެ ޢަޛާބަކީ ކޮބައިތޯ؟ 

ޖަވާބު:. އެއްދާން ކުރުމަކީ އެއީ ދެމަފިރިންގެ އަމިއްލަ ކަމެއް. އެދެމީހުންގެ މެދުގާ އޮންނަންޖެހޭ ޙައްޤެއް. އެހެންވީމާ ދެމީހުން އެއްބަސް ކިޔާފަ އެއްދާން ނުކޮށް ކިތަންމެ ދުވަހެއްގައި ތިބިކަމުގައިވީނަމަވެސް އޭގެ ސަބަބުން ކާވެނީގެ ޞައްޙަ ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ، އަދި ކާވެނި ރޫޅިގެނެއް ނުދާނެ. 

އަދި ދެމީހުން އެއްބަސްނުވެ ކޮންމެސް އެކަކު އިންކާރު ކޮށްގެން އެކަން ނުކުރެވި ކިތަންމެ ދުވަހެއްވީ ކަމުގައިވީނަމަވެސް އޭގެ ސަބަބުން ކާވެނި ރޫޅިގެނެއް ނުދާނެ. ދެން އަޅުގަނޑުމެން މިކަމުގާ ހަމަ ހަނދާން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ކާވެނި ކުރަނީ ޙަޤީޤަތުގާ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ޢިއްފަތްތެރި ވުމަށްޓަކައި. ކާވެނީގެ އެންމެއިސް މަޤްޞަދަކީ ދެމީހުންކުރެ ކޮންމެމީހަކުވެސް ދެމަފިރިންވެސް ޢިއްފަތްތެރި ވުން. 

އެހެންވީމާ، ކައިވެނީގަ މިއޮންނަ މުޤައްދަސް ގުޅުން ދެމަފިރިންގެ މެދުގާ މިއޮންނަންޖެހޭ ގުޅުން އެގުޅުން ނުބޭއްވޭކަމަށްވަނީނަމަ އެ ޢިއްފަތްތެރިކަން އެކާވެނީގެ މަޤްޞަދު ފުރިހަމަ ނުވެ ހިގައިދާނެ. ޚާއްޞަ ގޮތެއްގައި ދެމަފިރިންކުރެ މީހަކު އެއްދާންކުރަން އެދުނީމާ އަނެކަކު އެކަމަށް އިންކާރު ކުރާކަމަށް ވަނީނަމަ އެކަން ބޭނުންވެފަ ހުންނަ މީހާޔަށް ވަރަށް ބޮޑު އަނިޔާއަކަށް އެކަން ވެގެންދާނެ. 

އެހެންވެގެން ރަސޫލުﷲ   އެފަދަ ކަންތައްތަކަށް ވަރަށްބޮޑަށް ސަމާލުވުމަށް އަމުރުކުރައްވާފަވޭ. އަދި ދެމަފިރިންކުރެ އެއްވެސް މީހަކު އެއްދާންކުރަން އެދިއްޖެ ކަމަށްވަނީނަމަ އެކަމަށް އިންކާރު ނުކުރުމަށް ރަސޫލުﷲ   ބާރުއަޅުއްވާފައިވޭ. ޢުޛުރަކަށް ވެދާނެކަމެއް ފަހަރެއްގާ އޭނަގެ ބައްޔެއް ހުރެގެން އެނޫންވެސް މަޤްބޫލު ޢުޛްރެއް އޮވެއްޖެ ކަމަށް ވަނީނަމަ އެކަމަށް އޭނަޔަށް އިންކާރު ކުރެވިދާނެ. އަދި އެއިންކާރު ކުރުމުގެ ބަދަލުގާ ރީތި ގޮތުގާ އަނެކާގެ ގާތުގާ ބުނެދެވިދާނެ ވިސްނާދެވިދާނެ ތިމަންނާޔަށް މިކަހަލަ މިކަހަލަ ކަމެއް ދިމާވެގެން ތިމަންނަ ޢުޛްރުވެރިވެޔޭ. 

ދެންއެފަދަ ޙާލަތުގައިވެސް ދެމަފިރިންކަމަށްވީތީވެ އަނެކާގެ އެދުން ފުއްދާދިނުމަށްޓަކައި ހެދޭނެ ގޮތްގޮތް ހުންނާނެ އެފަދަ ގޮތްގޮތުން ނަމަވެސް އެދެމީހުންގެ މެދުގާ އެގުޅުން ދަމަހައްޓަން މަސައްކަތް ކުރަންވާނެ. އެހެންނޫން ކަމަށްވަނީނަމަ ވަރަށްގިނަ ފަހަރަށް ކާވެނި ރޫޅުމާ ހަމަޔަށް ދިޔުން އެއީ އެކަށީގެންވާ ކަމެއް. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން