ރަމަޞާން މަހަށްފަހު ޢީދު އަންނާނެއެވެ! ޝުކުރުވެރިވާށެވެ! ހެދުން އަޅައިއުޅުމުގަ އާއި ކުޅިވަރުކުޅެ އުފާ ކުރުމުގެ ވަގުތުތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިނުލާށެވެ! ޢީދު ހެދުން ފެހުމުގައިވެސް އަދި އެހެން ހެދުން ފެހުމުގައިވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.
އަހަރެމެން ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެދުމަކަށްވާނީ ރަސޫލް (ﷺ) އާއި ބައްދަލުކުރުމެވެ. ރަސޫލް (ﷺ) އާއި ބައްދަލުވާހިނދު ތިބާއަކީ އިސްލާމް ދީނުގައި އޮތް މަގުން ހެދުނަ ލައި އުޅުނު މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައި ރަސޫލް (ﷺ) ފަޚުރުވެރިވެވަޑައިގަންނަވާނެއެވެ. މިއީ އާދައިގެ ނިޢްމަތެއް ނޫނެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަންހެނުން ނިވާ ނުވާނަމަ އެމީހުންނަކަށް ޙަޤީޤީ އުފަލެއް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ނިވާވެގެން ތިބޭނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެއީ ނިވާވެގެން ތިބޭ މީހުންނާއި ﷲ ތަޢާލާ އާއި ދެމެދު އުފެދިފައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
--މުފްތީމެންކުގެ ދަރުސަކުން