"ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ މުސްލިމުންނަށް އަރިސްކުރަން. އަޅަމެންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަ ކަމާއި، ކުލުނާއި ލޯބި އަދި އިހްސާންތެރިކަން އިތުރު ކުރައްވާ ބާއްޖަވެރި ހެޔޮދުވަސްތަކެއް الله ތަޢާލާ އަޅަމެނަށް މިންވަރު ކުރައްވާށިއެވެ."
"މިއަދަކީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހެވެ.
އިސްލާމް ދީނުގައި ވަނީ ޢީދު އުފާ ފާޅުކުރާއިރު، އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.
އެގޮތުން، ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާ ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެކެވެ.
އޭގެ އިތުރުން މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ، މުހިންމު ކަމެކެވެ."
- ޤާސިމް އިބްރާހީމް / ޖުމްހޫރީ ޕާޓީގެ ލީޑަރ
ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ މުސްލިމުންނަށް އަރިސްކުރަން. އަޅަމެންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަ ކަމާއި، ކުލުނާއި ލޯބި އަދި އިހްސާންތެރިކަން އިތުރު ކުރައްވާ ބާއްޖަވެރި ހެޔޮދުވަސްތަކެއް الله ތަޢާލާ އަޅަމެނަށް މިންވަރު ކުރައްވާށިއެވެ. pic.twitter.com/K0M9NpR91z
— Qasim Ibrahim (@qasimibrahim) May 1, 2022