2 މީހަކަށް، ކޮންމެ މީހަކަށް 4 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ޙަޤީޤަތް ޤަބޫލުނުކުރާ، ޙައްޤަށް އިންކާރުކުރާ ބައިވެރިއަކާއެކު ބާއްޖަވެރި ދިރިއުޅުމެއް އުޅެވިދާނެތަ؟
ކިޔުންތެރިން އެދޭތީ ރަމަޟާން މަހަށްފަހު ކުރިއަށް އޮތް 10 ދުވަހުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ
ކިޔުންތެރިންނަށް އޮތީ ހަމަ ރަމަޟާން މަހު ފަދައިން ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ، ފެނިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ.
ޝައްވާލުމަހުގެ ފުރަތަމަ ދުވަހުގެ ސުވާލު:
ޙަޤީޤަތް ޤަބޫލުނުކުރާ، ޙައްޤަށް އިންކާރުކުރާ ބައިވެރިއަކާއެކު ބާއްޖަވެރި ދިރިއުޅުމެއް އުޅެވިދާނެތަ؟
އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!