ތިމާ ކުރާ ވިޔަފާރިއެއް އެހެން މީހުންވެސް ކުރާތީ ހަސަދަވެރިނުވާށެވެ! ކޮންމެ މީހަކަށްވެސް ދެއްވަވާނެވަރުވަނީ މާކުރިން ކަނޑައަޅުއްވަވައި ނިމިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިމާ ކުރާ ވިޔަފާރިއެއް އެހެން މީހުންވެސް ކުރާތީ ހަސަދަވެރިނުވާށެވެ! ކޮންމެ މީހަކަށްވެސް ދެއްވަވާނެވަރުވަނީ މާކުރިން ކަނޑައަޅުއްވަވައި ނިމިފައެވެ!

މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިކުރާ މީހުންވެސް އެމީހުން ވިއްކާ އެންމެ ބާވަތެއް ނަމަވެސް އެމީހާގެ ފިހާރަ ކައިރީގައި އެހެން މީހަކު ކުޑަކުޑަ ހަޓެއް ހަދައިގެން ނަމަވެސް ވިއްކާނަމަ ކަންބޮޑުވެއެވެ. ބައެއްފަހަރު އެކަމާއިމެދު ކަންބޮޑުވެ ނިދި ނައިސްގެންވެސް އުޅެން ޖެހޭ ހިސާބަށް ކަންތައް ދެއެވެ.

އެއިރު އެމީހާގެ އެކައުންޓުގައި މިހާރު ހުރި އެތައް މިލިއަން ޑޮލަރަކީ އެމީހާގެ މުޅި އުމުރުގައިވެސް ބޭނުންކޮށް ހުސް ކުރެވޭނެ ވަރުގެ އަދަދަދެއް ނޫނެވެ. އަދި އެމީހާ މަރުވުމުން އެމީހާގެ ދަރިންތައް ތަޅާ ފޮޅައި އެކަކު އަނެކަކު މެރުމަށްފަހު ވެސް ހޯދަން މަސައްކަތްކުރާނެހައި ގިނަ ފައިސާއެވެ. ވީއިރު މިފަދަ މީހުންގެ އީމާންތެރިކަން ކޮބައިހެއްޔެވެ؟

މަދީނާގައި އަންހެނުންގެ އަބަޔާ ހެދުން ވިއްކާ ގިނަ ފިހާރަތައް ހުންނަނީ އެއް ސަރަހައްދެއްގައެވެ. އެމީހާގެ ފިހާރައިން ނުގަނެ އެހެން މީހެއްގެ ފިހާރައިން ގަނެފާނެތީ ކަންބޮޑުވެގެނެއް ނުއުޅެއެވެ. އަދި އެއް ދުވަހަކު އަހަރެން ލޮލުން ދުށް ކަމެކެވެ.

އެއް ފިހާރައަށް އެދުވަހު މީހަކު ނުވަދެއެވެ. ވިޔަފާރި ވަރަށް ދަށެވެ. ކައިރީގައި ހުރި ފިހާރައަކަށް މީހަކު ހެދުމެއް ގަންނަން ވަނުމުން ބުންޏެވެ. މިވެނި ފިހާރައަކަށް ގޮސް ހަމަ މިހެދުން ނިކަން ގަނެބަލާށެވެ! އަދި އެފިހާރައިގެ ވެރިމީހާއަށް ފޯނުކޮށްފައި ކަސްޓަމަރަކު އެބަ ފޮނުވާކަމަށްވެސް ބުންޏެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިޔަފާރި ނެތިފައި ހުއްޓައި ކަސްޓަމަރަކު ފޮނުވައި ދިނުމުން އެމީހާ އޭނާއަށްޓަކައި ކުރާނެ ހެޔޮ ދުޢާ އާއިމެދު ނިކަން ވިސްނައިލަ ބަލާށެވެ! އެކަމުގެ ސަބަބުން އެމީހާއަށް ﷲ ތަޢާލާ ދެއްވަވާނެ ސަވާބާއި ރަޙްމަތާއިމެދު ނިކަން ވިސްނައިލަބަލާށެވެ. އެމީހާގެ މަސައްކަތުގައި ﷲ ތާޢާލާ ލައްވަވާނެ ބަރަކާތާއިމެދު ވެސް ވިސްނައިލަ ބަލާށެވެ!

ދަހިވެތިކަމަކީ މީހާގެ ހަލާކެވެ! ދަހިވެތިކަން ހިތްތަކުން ފޮހެލާށެވެ! ކުރާ އަޅުކަން އިތުރުކުރާށެވެ! ޞަދަޤާތްކޮށް އެހެން މީޙުންނަށް އެހީތެރިވުން ގިނަކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން