ނޭނގޭކަމަށްބުނެ ޤްރުއާން ނުކިޔަވަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނޭނގޭކަމަށްބުނެ ޤްރުއާން ނުކިޔަވަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތް!: މުފްތީ މެންކް

ޢަރަބި ބަހުން އެންމެ އަކުރެއް ކިޔަން ނުއެނގުނު ނަމަވެސް ކީރިތި ޤްރްއާން ނުކިޔަވަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިއަދަކު ނެތެވެ. ތަޖްވީދު ނުއެނގުމަކީ ނުބައިކޮށް ކިޔަވަން ދެއްކެން އޮތް ބަހަނާއެއްވެސް ނޫނެވެ.

ތިބާގެ ފޯނުގައި ވަޓްސްއަޕާއި އެހެން ވެސް ޕްރޮގްރާމްތައް އެބަހުރެއެވެ. އެ ޕްރޮގްރާމްތައް ބޭނުންކުރަން ނުއެނގޭނަމަ އެމީހަކީ މީހަކަށްވެސް މިހާރަކު ނުވެއެވެ. ވީއިރު ކީރިތި ޕްރޮގްރާމްތައް އަޅައި ބޭނުން ކުރަން ނުއެނގުނީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ ތިބާއަކީ އެއްވެސް މީހަކަށް އެބަވޭ ހެއްޔެވެ؟

އެމީހަކަށް ބޭނުންކުރަން ފަސޭހަ ޕްރޮގްރާމެއް އަޅާށެވެ. އަހަރެންނަށް އެންމެ ފަސޭހައީ "ޞަޙީޙް އިންޓަރނޭޝަނަލް"އެވެ. އެމީހަކީ ޚަޠިމް ބަލައިގެން ކިޔަވަން ނުއެނގޭ މީހަކު ނަމަ ކޮންމެ ޕްރޮގްރާމަކުން ނަމަވެސް އެމީހަކު ބޭނުން ޤާރީއެއް އިޚްތިޔާރުކުރާށެވެ. އަދި އޭނާގެ އަޑުދަށުން ކިޔަވާށެވެ. އެއިރުން ދާނީ ހަމަ ތަޖްވީދު މަގުން ކިޔެވެމުންނެވެ.

ކޮންމެ މީހަކުވެސް ބުނަނީ އެމީހާ ފޯނުގެ ޕްރޮގްރާމްތައް ބޭނުންކުރަނީ މީހުންނާއި ގުޅުން ބާއްވަން ކަމަށެވެ. ވީއިރު އެންމެ ފުރަތަމަ ގުޅުން ބާއްވަން ޖެހޭނީ ﷲ ތަޢާލާ އާއިއެވެ. ފޯނަކީ ﷲ ތަޢާލާ އާއި ގުޅުން ބާއްވާ އެއްޗަކަށް ހެދުމަށްވުރެ ފޯނުން ހިފޭނެ ބޮޑު ބޭނުމަކީ ކޮބައިހެއްޔެވެ؟ ވީމާ ފޯނުން ހިފާ އެންމެ ބޮޑު ބޭނުމަކީ ﷲ ތަޢާލާ އާއި ގުޅުން ބޭއްވުންކަމަށް ހަދާށެވެ. އެހެން އެންމެންނަށްވުރެ މުހިންމީ ﷲ ތަޢާލާއެވެ. ބޭނުން ބޮޑީ ﷲ ތަޢާލާގެ އެވެ.

ަ--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން