2 މީހަކަށް، ކޮންމެ މީހަކަށް 4 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ސުވަރުގެއިން ގަނޑުވަރެއް ލިބުން އެދި ކުރަންޖެހެނީ ރަވާތިބު ސުންނަތުގެ ކިތައް ރަކްޢަތް؟
ކިޔުންތެރިން އެދޭތީ ރަމަޟާން މަހަށްފަހު ކުރިއަށް އޮތް 10 ދުވަހުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ
ކިޔުންތެރިންނަށް އޮތީ ހަމަ ރަމަޟާން މަހު ފަދައިން ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ، ފެނިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ.
ޝައްވާލުމަހުގެ ދެވަނަ ދުވަހުގެ ސުވާލު:
ސުވަރުގެއިން ގަނޑުވަރެއް ލިބުން އެދި ކުރަންޖެހެނީ ރަވާތިބު ސުންނަތުގެ ކިތައް ރަކްޢަތް؟
އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!