ކޮންމެ ޤައުމެއްގަ ނަމަވެސް މުސްލިމުންނަށް އަނިޔާލިބޭނަމަ އެއީ ކަންބޮޑުވަންޖެހޭ ކަމެއް! ޢަމަލުކުރަން އޮތީީ މިމަގުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ކޮންމެ ޤައުމެއްގަ ނަމަވެސް މުސްލިމުންނަށް އަނިޔާލިބޭނަމަ އެއީ ކަންބޮޑުވަންޖެހޭ ކަމެއް! ޢަމަލުކުރަން އޮތީީ މިމަގުން: ޑރ. އިޔާޟް

ސުވާލު:. ސުވާލަކީ އަޅުގަނޑުމެންގެ މުސްލިމް އަޚުން އަޅުގަނޑުމެންގެ ޤއުމުން ނުފެނުނަސް  މުސްލިމް އަޚުންނަށް އެހެން ހިސާބުތަކުގައި އަނިޔާ ލިބެމުން އެބަދޭ  ސުވާލަކީ އަޅުގަނޑުމެންނަށް ފަރުދީގޮތުން މުސްލިމުންނަށް ނަޞްރުދޭން ޖެހޭ އަޅުގަނޑުވެސް ޤަބޫލުކުރަން އެކަމަކު މިހާރަކަށް އައިސް އަސްލު އޮޅިފަ މިއޮންނަނީ މިހާރު މުސްލިމުންގެ ދިފާއުގާ ވާހަކައެއް ދައްކައިފިއްޔާ ބައެއްމީހުން ބުނޭ އެއީ މައްސަލައެއްނޫންހޭ؟ ރަގަޅު ކުރަންޖެހޭނީ އަހަރެމެންޖެހޭނީ އަހަރެމެންގެ ޤަޥްމުގެ މައްސަލައޭ ދެން ބައެއް މީހުންނަށް އޮޅިފަ އޮންނަނީ ބައެއްމީހުން ސިފަކުރަނީ ހަރުކަށި ބައެއްގެ ގޮތުގާ މުސްލިމުންގެ ދިފާޢުގާ މަސައްކަތްކުރުން ނުވަތަ މާލީގޮތުން މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ދެން އަސްލު ޖިހާދުގެ މަޥްޟޫޢު އަސްލު އަޅުގަނޑުގެ ސުވާލަކީ، ޞައްޙަ ގޮތުގާ އެކަން ކިހިނެއްތޯ އޮންނަނީ އަޅުގަނޑުމެން ދާޚިލީ ކަމެކޭ ކިޔާފަ ބަހެއް ނުބުނެ ތިބެންވީތޯ؟ 

ޖަވާބު:. މުސްލިމުންގެ ޙާލަތާބެހޭގޮތުން އަޅުގަނޑުމެން މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގާ الله سبحانه وتعالى ވަޙީ ކުރައްވާފައިވަނީ ވަޙީ ކުރައްވަނީ " إنَّما المؤمِنُوْنَ إِخْوة "  ހަމަ ކަށަވަރުން މުއުމިނުން ވާކަން ކަށަވަރީ އެއްބަނޑު އެއްބަފާ ބައެއްކަމުގައެވެ. އެހެންވީމާ އަޅުގަނޑުމެން އެއްމުސްލިމަކަށް ލިބޭ ހިތާމަޔަކީ އެއީ އަނެއް މުސްލިމަކަށްވެސް ލިބޭ ހިތާމަޔެއް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ކުރާލޯބި އަޅުގަނޑުމެން އަނެއް އަޚުންނާ ދޭތެރޭގާވެސް ކުރަންޖެހޭ އަޅުގަނޑުމެންގެ އަމިއްލަނަފްސަށް ކުރާ ލޯބި އަޅުގަނޑުމެންގެ އަނެއް އަޚުންނާދޭތެރޭ ނުކުރާހާހިނދަކު އަޅުގަނޑުމެން އެއްވެސް މީހެއްގެ އީމާކަންވެސް ފުރިހަމަ ވެގެންނެއް ނުދޭ އެހެންވީމާ އަޅުގަނޑުމެން އުފާވެރިކަމުގާ ތިއްބޭއިރުގާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން ހިތާމައިގައި ތިބޭކަމަށްވަނީނަމަ އެއީ އަޅުގަނޑުމެންނާ ބެހޭކަމެއްނޫންކަމުގަ ބުނެ އެކަމާ އަޅާނުލާތިބުން އެއީކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން. 

އަޅުގަނޑުމެން އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އަޅޅުގަނޑުމެންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދޭންވާނެ. ހެޔޮދުޢާ ކޮށްދޭންވާނެ އަޅުގަނޑުމެންނަށް މާލީ ގޮތުން އެހީތެރިކަމެއް ދެވެންއޮތް ކަމަށްވަނީނަމަ ނުވަތަ އަޅުގަނޑުމެންނަށް އެމީހުންނަށް ނަފްސާނީ ގޮތުން ހިތްވަރުގެ ބަހެއް ދެވެންއޮތްކަމަށް ވަނީނަމަ އެކަމެއްވެސް ކުރަން ޖެހޭނެ އެހެންވީމާ އަޅުގަނޑުމެންގެ ފެންވަރުން އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއްވެސް ކުރަންޖެހޭނެ. 

ދެން ތިބުނުއްވާ ޖިހާދުގެ މައްސަލަ، ޙަޤީޤަތުގާ ޖިހާދުގެ މައްސަލައިގައި މިވާގޮތަކީ އެހެން ޤަޥްމެއްގާ ހިނގަމުންދާ ހަނގުރާމައެއް އެއީ އަދި މުސްލިމުންނާ ދެކޮޅަށް ބަޔަކުމީހުން ހަނގުރާމަ ކުރިކަމުގައި ވީނަމަވެސް އެހަނގުރާމާއިގާ އެޤަޥްމެއްގައި އެހަނގުރާމަ ކުރަމުންދާ މުސްލިމުން އެމީހުންނަށް އެމީހުންގެ ނަފްސް ދިފާޢު ނުކުރެވިގެން ބޭރުޤަޥްމެއްގެ އެހީތެރިކަމަށް އެދިއްޖެ ޙާލަތެއްގައި ދެން އެމީހުންނާ އެންމެ ކައިރީގައި ހުންނަ ޤަޥްމެއްގެ މީހުން އެމީހުންނަށް އެހީތެރިވާން ދާނީ، އޭގެ ބަދަލުގައި އެއަށްވުރެން ދުރު ޤަޥްމު ތަކުގާ ތިބޭމީހުން އެމީހުންގެ ޙައްޤުގާ ޖިހާދަށް ނުވަތަ އެމީހުން ނަށް އެހީތެރިވާން ދިޔުން އެއީ ފަރްޟު ކިފާޔަތެއް ނުވަތަ ކިފާޔަތުގެ ފަރްޟެއްގެ ގޮތުގަ މިއޮންނަނީ މިފަދަ ޙާލަތުގާ އަޅުގަނޑުމެންނަށް އެމީހުންނަށް އެހީތެރި ވުމަށްޓަކައި ދެވޭނީ. 

ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ މައިންބަފައިން ދުނިޔޭގަ ތިބިކަމަށްވަނީނަމަ މައިން ބަފައިންގެ ހުއްދަ ލިބިގެން އަދި އަޅުގަނޑުމެންގެ ވެރިންގެ ހުއްދަވެސް ލިބިގެން އަޅުގަނޑުމެންނަށް އެތަންތަނަށް ދެވޭނީ އެއީ ރަސޫލުﷲ  ގެ ޒަމާނުގައިވެސް އެބަހުރި ބައެއް ޞަޙާބީން އައިސް ރަސޫލުﷲ އާއި އެކުގައި ހަނގުރާމަޔަށް ވަޑައިގަންނަވަން އިޛްނަޔަށް އެދިވަޑައިގަތީމާ ޙަދީޘްކުރައްވާފައި އެބަހުރި ތިބާގެ މަންމަޔާއި ބައްޕަ ދުނިޔޭގައި އެބަތިބިތޯ ސުވާލު ކުރެއްވީމާ ޞަޙާބީއަކު ވިދާޅުވަނީ އާދޭހޭ ދެންނެވީމާ ޙަދީޘްކުރައްވަނީ އެމީހުންގެ ގާތަށްގޮސް އެމީހުންނާ އެކުގާ ޖިހާދު ކުރާށޭ އޭގެ މާނަޔަކީ އެމީހުންނަށް ހެޔޮކޮށް ހިތުމަށް އެމީހުންނަށް އަޅާލާ އެމީހުންނަށް ދޭންވާ ވާޖިބުތައް އަދާކުރުން އެއީ މާބޮޑު ޖިހާދެކޭ. 

އެހެންވީމާ، އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމަށްޓަކައި  ހަނގުރާމަޔަށް ނުވަތަ ޖިހާދަށް ޤަޥްމުތަކަށް ނުދިޔަކަމުގައިވީނަމަވެސް އަދި ދިޔުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ނެތްކަމުގައިވީ ނަމަވެސް އަޅުގަނޑުމެންނަށް އެމީހުންނަށް ހެޔޮދުޢާ ކޮށްދެވޭނެ އަޅުގަނޑުމެންނަށް އެމީހުންނަށް ހިތްވަރުގެ ބަސްތައް ބުނެދެވޭނެ، އަޅުގަނޑުމެންނަށް ޓުވިޓާގައި ފޭސްބުކްގަ އެތަންތަނުގައި އެމީހުންގެ މައްސަލަތައް މީހުންނާ ހަމަޔަށް ޝެއާކޮށް ހިއްސާ ކޮށް ހަދައިގެން އެކަންތައްތަކުގައި ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތް ކުރެވޭނެ އަޅުގަނޑުމެންނަށް މާލީގޮތުން ދެވެންއޮތް އެހީތެރިކަމެއް ކަމަށް ވަނީނަމަ އެކަމެއްވެސްދެވޭނެ އަދި އެކަމުގާ ޢަމަލީގޮތުން ބައިވެރިވާން ޖެހިއްޖެޙާލަތެއް އަތުވެއްޖެކަމަށް ވަނީނަމަ އެފަދަ ޙާލަތެއްގައި އެކަންވެސް ކުރެވޭނެ. އެހެންވީމާ، އެއްގޮތަކަށްވެސް ސީދާ އެކަމުގާ ޢަމަލީގޮތުން ބައިވެރި ނުވުން އެއީ އަޅުގަނޑުމެންނާ ބެހޭކަމެއްނޫނޭ ކިޔާފަ ދޫކޮށްލައިގެން ތިބޭ ތިބުމެއްނޫން އެއްވެސް ޙާލެއްގާ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން