ޢިލްމް އުނގެނެން މަސައްކަތްކުރާ މީހުންނަށް ސުވަރުގެ ވަދެވުން ފަސޭހަވާނެކަމަށް ބުނާބުނުމަކީ ތެދެއްހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޢިލްމް އުނގެނެން މަސައްކަތްކުރާ މީހުންނަށް ސުވަރުގެ ވަދެވުން ފަސޭހަވާނެކަމަށް ބުނާބުނުމަކީ ތެދެއްހެއްޔެވެ؟

ޢިލްމް އުނގެނެން މަސައްކަތްކުރާ މީހުންނަށް ސުވަރުގެ ވަދެވުން ފަސޭހަވާނެކަމަށް ބުނާބުނުމަކީ ތެދެއްހެއްޔެވެ؟  

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ބުނަން އޮތީ އުނގެނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ކީރިތި ޤުރްއާނުން ބާވައިލެއްވެވި ފުރަތަމަ އާޔަތުގައިވެސް ވަނީ ކިޔަވައިވިދާޅުވުމަށެވެ.  

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ." (އަލްޢަލަޤް: 1) 

ވީމާ އުނގެނުމުގެ މުހިންމުކަމާއި މަތިވެރިކަން މިއޮތީ އެނގޭށެވެ. ދެން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އެއްވެސް ޒަމާނެއްގައި އެންމެންނަކީ ޢިލްމުވެރިންނެއް ނޫނެވެ. އަދި އެއްވެސް މީހަކީ ދުނިޔެއަށް އުފަންވާއިރު ޢިލްމުވެރިއެއް ނޫނެވެ. ޢިލްމުވެރިންނަށް ވަނީ އެމީހަކު އެކަން އެދިގެން ކުރާ މަސައްކަތުންނެވެ. އެކަމަށްޓަކައި ތަކްލީފްތަކެއްވެސް އުފުލައިގެންނެވެ.  

އަހަރެމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ތަޖުވީދުމަގުން ކީރިތި ޤްރްއާން ކިޔަވަން އެނގޭ ބައެއް ނޫނެވެ. އެންމެ ކުޑަމިނުން އަކުރުތައް ކިޔަންވީ މަޚްރަޖް ވެސް އެނގޭ ބައެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ ކަމުގެ ޙަޤީޤަތެވެ. ކަން އޮތް ހާލަތެވެ. މިހާލަތު މެދުވެރިވީ އެމީހާގެ ކުށަކުން ކަމަށްވެސް ނުވެދާނެއެވެ.  

ހިތާމައަކީ މިކަންކަން އެނގޭ އިރުވެސް އުނގެނެން އެބަ ލަދުގަނެއެވެ. ތިމާއަށް ނުއެނގޭކަން އެހެން މީހަކަށް އެނގިދާނެތީ އެބަ ލަދު ގަނެއެވެ. ނިކަން ބުނެބަލާށެވެ! ތިބާ ދެރަވެ އަސަރުކުރާނީ ތިބާއަށް ކަމެއް ނުއެނގޭކަން މިއަދު ބައަކަށް އެނގުމުން ހެއްޔެވެ؟ ނޫން ނަމަ ތިބާ އުނގެނެން ޖެހޭ އެއްޗެއް ދަސްނުކޮށްގެން ސުވަރުގެ ނުވަދެވިއްޖެ ނަމަ ހެއްޔެވެ؟  

އުނގެނުމަކަށް އުމުރެއް ނެތެވެ. އުމުރުން 90 އަހަރުވެފައިވާ މީހުން މާސްޓަރސް ޑިގްރީ ހާޞިލުކުރަމުން ގެންދާ ވާހަކަ ޚަބަރުތަކުން އަޑު ނުއަހަމު ހެއްޔެވެ؟ ނޯލާ އޮކްސްގެ ވާހަކަވެސް އަޑެއް ނުއަހަމުހެއްޔެވެ؟ އޭނާ ވަނީ 2007 ވަނަ އަހަރު، އުމުރުން 95 އަހަރުގައި ޑިގްރީ ހާޞިލުކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.  

ދެން އިސްލާމީ ތާރީޚަސް ބަލައިފިނަމަ  ބައެއް ޞަހާބީން ކީރިތި ޤްރްއާން އުނގެނިވަޑައިގަތީ މުސްކުޅި އުމުރުފުޅުގައި ނޫން ހެއްޔެވެ؟ ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކީރިތި ްްރްއާން ފުރިހަމަ ގޮތުގައި ކިޔެވޭނީ ކިޔަވަން ދަސްކޮށްގެން ކަމެވެ.  

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ ޢިލްމު ޙާޞިލުކުރަން މަސައްކަތްކޮށްފި މީހާ ސުވަރުގެ ވަނުމަށް ﷲ ތައާލާ މަގު ފަސޭހަކޮށްދެއްވަވާނެ ކަމަށެވެ. ޢިލްމް ކަމުގައި ބެލެވޭނީ އުނަމަތަށް ފައިދާކުރާނެ ކަންކަމުގެ ޢިލްމެވެ.  

Hadith on ‘Ilm: Path in search of knowledge leads to Paradise

 Abu Amina Elias

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Whoever travels a path in search of knowledge, Allah will make easy for him a path to Paradise.”

Source: Ṣaḥīḥ Muslim 2699

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން