މިސްކިތްތަކުގެ ތާޅަފިލީގެ އަޑުކެނޑުމާ މަޑުކުރުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަން މުފްތީ މެންކްގެ ބަސްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މިސްކިތްތަކުގެ ތާޅަފިލީގެ އަޑުކެނޑުމާ މަޑުކުރުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަން މުފްތީ މެންކްގެ ބަސްފުޅުން-

ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ފޮނުއްވެވުނީ އެއް ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށާއި ﷲ ތަޢާލާ އަށް އަޅުކަންކުރަން އެނގެވުމަށެވެ. ވީމާ އަހަރެމެންގެ މައްޗަށްވެސް ވާޖިބުވެގެންވަނީ އެކަން އެގޮތަށް ކުރުމާއި އެކަންކަން ކުރަން މީސްތަކުންނަށް ހަނދާންކޮށްދިނުމެވެ. 

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ޝައިޠޯނާ އަންނަނީ މީސްތަކުންނަށް އެކަންކަން ހަނދާން ނެތޭނެ ވަސީލަތްތައް މީސްތަކުންނަށް ފޯރުވަމުންނެވެ. ހަމައެފަދައިން ﷲ ތަޢާލާ ގެންދަވަނީ ﷲ ގެ ތަޢާލާގެ މަގުގައި ބާރަށް ކުރިއަށް ދެވޭނެ މަގުވެސް ދައްކަވަމުންނެވެ. 

މިސާލަކަށް ބަންގިދިނުމާއިމެދު ވިސްނާށެވެ! ރަސޫލް ގެ ޒަމާނުގައި އެއްވެސް ބާވަތެއްގެ ތާޅަފިއްޔެއް އަދި އަޑުގަދަކުރާއެއް ނެތެވެ. އަޑަށް ލެވުނުހައި ބާރެއްލާފައި ބަންގިގޮވަނީއެވެ. އަޑުއިވެނީ ދާދިގާތުގައި ތިބި ބައަކަށެވެ. ނަމަވެސް މިއަދު ނިކަން ބަލައިލަބަލާށެވެ! އެއް ހިސާބެއްގެ ދުރަސް އަޑު ފޮނުވައި މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދެވޭނެ މަގު ﷲ ތަޢާލާ ވަނީ ފަހިކޮށްދެއްވަވައިފައެވެ. އޮތީ ބޭނުންކުރަން ކެރުނު ވަރެކެވެ. 

މީގެ އިތުރުންވެސް ނަމާދުވަގުތުވުމުން ސޯޝަލް މީޑިއާއި ޓީވީ އާއި ރޭޑިއޯއާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް ނަމާދުކުރަން މިއަދު ހަނދާންކޮށްދެވިދާނެއެވެ. 

ހަނދުމަކޮށްލާށެވެ! ޓީވީބަލަން ބޭނުންނަމަ ބޮޑެތި އެންޓެނާތައް ޖަހަން ޖެހުނެވެ. ބޯތަށިތައް ބަހައްޓަން ޖެހުނެވެ. ނަމަވެސް މިއަދު އަތުގައި އޮތް ފޯނުން އެބަ ބަލައިލެވެއެވެ. ފޯނަސް ސޮފްޓްވެއާރއެއް އެޅުމުން ނަމާދުވަގުތު ޖެހިއްޖެކަން އެބަ އަންގައިދެއެވެ. 

މިވަސީލަތްތަކާއި ފަސޭހަތައް ﷲ ތަޢާލާ ދެއްވެވެވީ ދުނިޔޭގެ އާބާދީ ގިނަވެ މިވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭނެކަން ދެނެވޮޑިގެންވާތީއެވެ. ބަންގީގެ އަޑު 2 ބިލިއަން މުސްލިމުންނަށް އިއްވަން އެބަޖެހެއެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. ދުނިޔޭގައި ތިބި 9 ބިލިއަން މީހުންނަށްވެސް އެއަޑު އިއްވަން އެބަޖެހެއެވެ.

މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދޭށެވެ. އެމީހާ ހަނދާންކޮށްދިނުމުން މީހަކު ނަމާދުކޮށްފިނަމަ ހަނދާންކޮށްދޭ މީހާއަށްވެސް އަޅުކަންކުރި މީހާއަށް އުނިކުރެއްވެވުމެއް ނެތި ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ:

ރާއްޖޭގެ މިސްކިތްތަކުގެ ތާލަފިލީގެ އަޑުކަނޑުވައި އަދި އަޑުމަޑުކުރުވާ މީހުން ދެން ބުނާނީ ކީކޭބާވައެވެ!

މިއަދު އޮންލައިން