ސުވާލު:. ހައިޟުގެ ދުވަސްވަރު ދިގުދެމިގެންގޮސް މަސްދުވަސްވާއިރުވެސް ރަގަޅުނުވެ ހުންނަ ކަމުގައިވަންޏާ ނަމާދު ކޮށް ރޯދަހިފޭނެތޯ؟
ޖަވާބު:. ޙައިޟުގެ އެންމެ ދިގުމުއްދަރަކަށް ވާނީ 15 ދުވަސް. ދެން ޢާއްމުގޮތެއްގައި މީހަކު ޙައިޟުވާ މުއްދަތައް ބަލާނީ ޢާއްމުކޮށް ޙައިޟުވަނީ 5 ދުވަސް ނުވަތަ 7 ދުވަސް ކަމަށްވަނީނަމަ އެއަށްވުރެ އިތުރުވާ ދުވަސްތައް އެއީ ބައްޔެއްގެ ސަބަބުން އަންނަ ލޭކަމަށް ބަލާނީ، ދެން އެކިމަހު އެކިވަރަށް ޕީރެޑްވާ ކަމަށް ވަނީނަމަ ގިނަވެގެން ބަލާނީ 15 ދުވަސް 15 ދުވަހަށްވުރެ އިތުރުވާކަމުގައި ވަނީނަމަ އެއީ ބައްޔެއްގެ ސަބަބުން އަންނަލޭމިޙާލަތުގާ ހަމަ ޕީރޭޑް ރަގަޅުވީ ކަމަށްބަލާފާ ހިނައިގަނެ އަދި ކޮންމެ ނަމާދަކަށް ވުޟޫ އާކޮށްގެން ނަމާދު ކުރާނީ ރޯދަވެސް ހިފާނީ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް