2 މީހަކަށް، ކޮންމެ މީހަކަށް 4 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: އެއްހުކުރުން އަނެއްހުކުރަށް ﷲ ދެއްވަވާ ނޫރު ހޯދަން ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވަންވީ ހަމައެކަނި ފިރިހެނުންތަ؟
ކިޔުންތެރިން އެދޭތީ ރަމަޟާން މަހަށްފަހު ކުރިއަށް އޮތް 10 ދުވަހުވެސް މިއަދުނޫހުން ކިޔުންތެރިންނަށް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. އިން ޝާ ﷲ
ކިޔުންތެރިންނަށް އޮތީ ހަމަ ރަމަޟާން މަހު ފަދައިން ސުވާލަށް ޖަވާބު ދެއްވުމެވެ. ޖަވާބު ނުބައިވެދާނީވެސް ބިރުގަންނާނެ ކަމެއް ނެތެވެ. އެނގިލައްވާ، ފެނިލައްވާ ގޮތަކަށް ޖަވާބުދެއްވާށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރިއުޅުން އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރުމުގެ ޝައުޤުވެރިކަން ކިޔުންތެރިންގެ ހިތްތަކުގައި އުފައްދުވަން މަސައްކަތްކުރުމެވެ.
ޝައްވާލުމަހުގެ 4 ވަނަ ދުވަހުގެ ސުވާލު:
އެއްހުކުރުން އަނެއްހުކުރަށް ﷲ ދެއްވަވާ ނޫރު ހޯދަން ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވަންވީ ހަމައެކަނި ފިރިހެނުންތަ؟
އިނާމު ހޯއްދަވަން ޖަވާބު ދެއްވުމުގެ ފުރުޞަތު ސުވާލު ޝާއިޢުކުރާ ވަގުތުން ފެށިގެން 24 ގަޑިއިރަށް!