ހުކުރުދުވަހު އަންހެންވެރިން ބަދިގޭގައާ ގޭތެރޭ މަސައްކަތުގަ ބިޒީވާނެތީ ކަހްފި ސޫރަތް ކިޔަވަން ވަގުތުދޭން އުނދަގޫނަމަ ޢަމަލުކުރަންވީ މަގު! ނޫރު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުކުރުދުވަހު އަންހެންވެރިން ބަދިގޭގައާ ގޭތެރޭ މަސައްކަތުގަ ބިޒީވާނެތީ ކަހްފި ސޫރަތް ކިޔަވަން ވަގުތުދޭން އުނދަގޫނަމަ ޢަމަލުކުރަންވީ މަގު! ނޫރު ދެއްވަވާނެ! އިން ޝާ ﷲ

ހުކުރު ދުވަސް ވެފައި އޮންނަނީ އަންހެންވެރިންނަށް އެންމެ ބުރަ ދުވަހަކަށެވެ. ގިނަބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރަންޖެހެއެވެ. އޮފީހަށްދާތީ ހަފްތާ ތެރޭގައި ނުދޮވެވި ހުރި އަންނައުނު ދޮންނަން ޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އެކި އަންހެނުންނަށް ކުރަންޖެހޭނީ އެކި މަސައްކަތެވެ. ޢާންމު ގޮތެއްގައި ކޮންމެ އަންހެނަކަށްވެސް ހުކުރުދުވަހު ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެއެވެ. 

ދަރުސްތަކުގައި ކިތަންމެ ވަރަކަށް އިލްތިމާސްކުރިނަމަވެސް ގިނަމީހުންނަށް ކުރިއަށް ނެރެވެނީ ކުރަންހުންނަ މަސައްކަތްތައް ކަމަށްވުމުން ހުކުރު ދުވަހު މިއޮންނަނީ ކަހްފި ސޫރަތް ކިޔަވާލައި އަންނަ ހުކުރާއި ހަމައަށް ﷲ ދެއްވަވާ ނޫރު ލިބިގަތުންވެސް އުނދަގޫކަމަށްވެފައެވެ. 

ލޮބުވެތިކަނބަލުންނޭވެ! އެކަން އަދިވެސް އިތުރަށް ލުއިފަސޭހަކޮށްލަމާ ހިނގާށެވެ! ހުކުރުވިލޭރެއަށް އިރުއޮއްސުމުން އެއޮތީ ނޫރު ލިބިގަތުމަށްޓަކައި ކަހްފިސޫރަތް ކިޔަވަންވީ ވަގުތު ފެށިފައެވެ. އަދި ވަރަށް ފަސޭހަވެ އެއްދޮނުގައި ދެބުޅިޖެހޭނެ ވަގުތެއްވެސް ބުނެދީފާނަމެވެ. ރަނގަޅަށް އަޑުއަހާށެވެ! 

މިސްކިތުން ބަންގިދޭއިރަށް ފަތިސްނަމާދުކޮށްލާށެވެ! ޙައްޖާއި ޢުމުރާއެއްގެ ޘަވާބު ދެއްވެވުން އެދި ޛިކުރުކުރުންމަތީގައި މުސައްލަމަތީގައި އިރުއަރަންދެން (ލޮންސިއެއްގެ މިނަށް) މަޑުކޮށްލާށެވެ! އެވަގުތުކޮޅުތެރޭގައި ކަހްފި ސޫރަތްވެސް ކިޔަވައިލާށެވެ! 

ބައަކަށް ހީވެފައި އޮންނަނީ ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމަކީ ހުކުރަށްދާ މީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުމެވެ. 

" Whoever recites Surat al-Kahf on Friday, light shall shine forth for him between the two Fridays. "

ޙަދީޘްފުޅުގައި އޮތީ ހުކުރަށްދާ، ހުކުރަށް ނުދާ، އަންހެނުން، ފިރިހެނުން ގެ ވާހަކައެއް ނޫނެވެ. ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވައިފި ކޮންމެ މީހެއްގެ ވާހަކައެވެ. ވީމާ އަހަރެންގެ އިލްތިމާސަކީ ހަމަ އެންމެންވެސް ހުކުރު ދުވަހު ކަހްފިސޫރަތް ކިޔެވުމުން ދެއްވަވާ ނޫރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން