ސުވާލު:. ފްލައިޓްތަކުގާ ކުރާ ދަތުރުތަކަކީ ދަތުރު ކުރު ނަމަވެސް ދަތުރުގެ ރާސްތާ ދިގު ދަތުރުތައް. މިފަދަ ދަތުރުތަކުގާ ދަތުރުވެރިޔެއްގެ އުޞޫލުން ރޯދަދޫކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބު:. ދަތުރުވެރިޔާއަށް އިޚްތިޔާރު އެބައޮތް ރޯދަ ދޫކޮށްލާފާ އޭގެ ބަދަލުގާ އެހެންދުވަހަކުން ރޯދަހިފުން. އެއީ ހަމަ އޭނަޔަށް ލިބިގެންވާ އިޚްތިޔާރެއް.
ދެން އެހެންނަމަވެސް އޭނަޔަށް އެވަރުބަލިކަން އިޙްސާސް ނުކުރެވި ނުވަތަ ރޯދަޔަށް ހުރިކަމުގާވީނަމަވެސް އޭނަގެ ދަތުރު ކުރިޔަށް ގެންދިއުމަށް އޭނައަށް ދަތިއުދަގޫ ކަމަކަށް ނުވާކަމުގާވަނީނަމަ އެރޯދަ ފުރިހަމަ ކުރުން އެއީކީވެސް މައްސަލައެއްނޫން. އޭނަގެ އަމިއްލަ އިޚްތިޔާރުގަ އެކަންއޮތީ އެރޯދަ ދޫކޮށްލާނީތޯ ނުވަތަ ނޫންތޯ،
އެހެންނަމަވެސް ކުރިން އަޅުގަނޑުދެންނެވިފަދައިން ދަތުރުގެ ސަބަބުން އޭނަޔަށް ވަރުބަލިކަންލިބި އަދި ރޯދަ ފުރިހަމަ ކުރަން އުނދަގޫވެއްޖެ ކަމަށްވަނީނަމަ، ރޯދައަށް ހުރުމުން އޭނަޔަށް އިތުރު ވަރުބަލިކަން އަންނާނެ ކަމުގާވަނީނަމަ މިޙާލަތުގާ ރޯދަ ހިފައިގެނެއް ނުވާނެ. ރޯދަ ދޫކޮށްލަންވާނެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް