ތިބާގެ އައުރަ ﷲ އަންގަވާފައިވާ މިންވަރަށް ނިވާކުރަން ބުނެފިނަމަ އެމީހަކަށް ދެކޮޅުވެރި ބަސް ނުބުނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާގެ އައުރަ ﷲ އަންގަވާފައިވާ މިންވަރަށް ނިވާކުރަން ބުނެފިނަމަ އެމީހަކަށް ދެކޮޅުވެރި ބަސް ނުބުނާށެވެ!: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންނަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން ބުނުމުން ރުޅިއައިސް ބަސްބުނާ ބައެއްކެވެ. މިސާލަކަށް ތިބާ ފޭރާން ލައިގެންހުރީ ﷲ ތަޢަލާ އަންގަވާފައިވާ މިންވަރަށް ނިވާވާގޮތަށް ނޫންކަމަށްވާނަމަ މީހަކު އައިސް ތިބާ ގާތުގައި އެކަން ރަނގަޅުކުރަން ބުނެފާނެއެވެ. އެޙާލަތުގައި ބައެއް މީހުން "ކަލޭތީ ތިއަވާހަކަ ބުނަން ކާކުތޯ؟" އެބަ ސުވާލުކުރެއެވެ. 

މިބުނަނީ ކަން އޮތް ގޮތަށެވެ. އެފަދަ ބަހެއް ބުނީ ކޮންމެ މީހަކު ނަމަވެސް އެމީހަކާއި ދެކޮޅަށް ހަމައެންމެ ބަހެއްވެސް ބުނެގެން ނުވާނެއެވެ. އެހެނީ އެމީހަކީ ކުރިން ކޮންމެ ގޮތަކަށް އުޅެފައި ހުރި މީހަކުނަމަވެސް އެމީހަކު އެބަނީ ޙައްޤު ބަހެވެ. އެމީހާ އެއަދާކުރަނީ އެމީހާ އާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. 

ހެޔޮ ޢަމަލުތައް ކުރަން އެކަކު އަނެކަކަށް ހަނދާންކޮށްދިނުމުގެ ހުރި މަތިވެރިކަން ނިކަން ވިސްނައިލަބަލާށެވެ. އެމީހުންނަކަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހުންނަށް އަންގަވާނެތެވެ. ނަމަވެސް މި ނިޢްމަތް ދެއްވަވާނީ އެހެން މީހުންނަށް ހަނދާންކޮށްދިނުމާއިއެކު އެމީހަކުވެސް ޢަމަލުކޮށްފައިވާނަމައެވެ. އެކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. 

ހަމައެކަނި އަޢުރަ ނިވާކުރުމެއް ނޫނެވެ. ކޮންމެ ހެޔޮ ޢަމަލެއް ކުރަން ނަމަވެސް މީހަކު ހަނދާންކޮށްދީފިނަމަ އޮތީ ދެކޮޅުވެރިވުމެއް ނޫނެވެ. އެކަން ބަލައިގަނެ ޝުކުރުވެރިވުމެވެ. އެހެނީ އެމީހަކީ ތިބާ ދެކެ އެންމެ ލޯބިވާ މީހާއެވެ. އެމީހާ އެމަސައްކަތްކުރަނީ ތިބާ ނަރަކައިން ސަލާމަތްކޮށް ސުވަރުގެ ހޯދައިދޭށެވެ. އެފަދަ މީހުންނަކީ އެންމެ މަތީދަރަޖައިގައި ތިބާދެކެ ލޯބިވާ މީހުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން