ފިރިހެނެކޭ ބުނާއިރަށް މަކަރުހަދާނޭ ބުނެވުން ނިމުމަކަށް ގެންނަން އެބަޖެހޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފިރިހެނެކޭ ބުނާއިރަށް މަކަރުހަދާނޭ ބުނެވުން ނިމުމަކަށް ގެންނަން އެބަޖެހޭ!: މުފްތީ މެންކް

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ފިރިހެނެކޭ ބުނާއިރަށް ވިއްދައިގެން ފަހަތުން ބުނެވެނީ މަކަރުހަދާނޭއެވެ. މި ދަރުސްގައި ބަލާލަން މިއުޅެނީ ތެދުވެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކުރާ މުޢާމަލާތުތަކުގައި ތެދުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ޚަދީޖަތުގެފާނު ރަސޫލް އާއި ކައިވެނިފުޅު ބައްލަވައިގަންވަވަން ބޭނުންފުޅުވެ އެކަން ހުށަހެޅުއްވެވީ ރަސޫލްކަން ލިބިވަޑައިގަތުމުގެ މާކުރިންނެވެ. އެހެނަސް ރަސޫލް ގެ ތެދުވެރިކަން ބޮޑުކަން އެނގިވަޑައިގަތުމުންނެވެ. އެކަން އެނގިވަޑައިގަތީ އެކަމަނާގެ ވިޔަފާރި ޤާފިލާއެއް ޙަވާލުކުރައްވަވައި ޝާމްކަރައަށް ފޮނުއްވެވުމުން ރަސޫލް ދައްކަވައިދެއްވެވި ތެދުވެރިކަން ބޮޑުވުމުންނެވެ. 

މިއީ މިއަދުވެސް އަހަރެމެން ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެކެވެ. ކުރާ ކޮންމެ މުޢާމަލާތެއްގައިވެސް ތެދުވެރިވާށެވެ. މަކަރު ނުހަދާށެވެ. އެއިރުން ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބިގެންދާނެއެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު ބެލުންތައް ތިރިކުރުމަށް އަންހެނުންނަށާއި ފިރިހެނުންނަށް ގަދައަޅައި ނަޞޭޙަތްތެރިވަމެވެ. ކޮންމެހެން ދައްކަންޖެހޭ މިންވަރަށް ނޫނީ ހިލޭ މީހުންނާއި ވާހަކަ ނުދައްކާށެވެ. މިކަންކަމަކީ ހެޔޮގޮތުގައި ޢަމަލުނުކޮށްފިނަމަ ތެދުވެރިކަން ގެއްލިގެން ހިނގައިދާނެ ސަބަބުތައްކަމުގައިވާތީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން