"ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވާތޯ؟" ބައަކު މޫސާގެފާނާ ސުވާލުކުރުމުން މަލާއިކަތުން ދެއްކެވި މިސާލު: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
"ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވާތޯ؟" ބައަކު މޫސާގެފާނާ ސުވާލުކުރުމުން މަލާއިކަތުން ދެއްކެވި މިސާލު: ޝައިޚް މުޙައްމަދު ހޮބްލޮސް

މޫސާގެފާނުގެ ޤައުމުގެ ބައަކު އެއްދުވަހަކު ގޮސް މޫސާގެފާނާއި ސުވާލެއް ކުރިއެވެ. "ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވާތޯއެވެ!" އެ ސުވާލުގެ ޖަވާބު ދެއްވަން މޫސާގެފާނަށް އުނދަގޫފުޅުވިއެވެ. އެއީ ދެއްވާނެ ޖަވާބެއް އެނގިވަޑައިގެންފައި ނުވާތީއެވެ. 

އެވަގުތު 2 މަލާއިކަތުން ވަޑައިގެން މޫސާގެފާނުގެ އަތްޕުޅަށް ބިއްލޫރި ދެފުޅި ދެއްވެވިއެވެ. އަދި އެއިން ދޫކޮށް ނުލައްވަވައި ހިފަހައްޓަވަން ވިދާޅުވިއެވެ.

މޫސާގެފާނު އެ ދެ ފުޅި ދޫކޮށް ނުލައްވަވައި ހިފަހައްޓަވައިގެން ހުންނެވިއެވެ. އިރު އޮއްސިއްޖެއެވެ. އަނދިރިވެއްޖެއެވެ. ވަރުބަލިފުޅުވެއްޖެއެވެ. ނިދިޖެހިވަޑައިގަތެވެ. އެވަގުތު އަތްޕުޅުން ދެ ފުޅި ދޫވެގެން ވެއްޓި ތެޅިއްޖެއެވެ. 

އެއަޑަށް ސިހިވަޑައިގެން ހޭފުޅު ލެއްވެވިއިރު އެ 2 މަލާއިކަތުން އެތަނުގައި ތިއްބެވިއެވެ. އަދި މޫސާގެފާނަށް ދެންނެވިއެވެ. "ﷲ ތަޢާލާ އެންމެ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅު ލައްޕަވައިފިނަމަ ބިއްލޫރި ފުޅި ތެޅުނު ފަދައިން މުޅި ކާއިނާތު ގޮވައި ބުރުއްސައިގެން ހިނގައިދާނެއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއިމެދު ﷲ ތައާލާ ބަޔާން ކުރައްވަވާފައި ނުވާ ކަންކަމާއިމެދު ނުވިސްނާށެވެ! އެކަންކަމުގެ ޖަވާބެއް ނުލިބޭނެއެވެ. އެކަމުން ލިބޭނީ އިތުރު ގެއްލުމެވެ. ވިސްނަންވީ ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ކަންކަމާއިމެދުގައެވެ. އަމަލުކުރަންވީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށެވެ. އިތުރު ގޮތްތައް ހޯދަން އުޅެފި ނަމަ އެމީހަކު ދާނީ ގެއްލެނިވެ ހަލާކުވެގެންނެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން