"ޝައްވާލުމަހުގެ 6 ރޯދަ ހިފާ ނިމިގެން ވިދިގެން އަންނަ ދުވަހަކީ "ހަރޯދަވެރިންގެ ޢީދު ދުވަސް" ކަމުގައި ދިވެހިން ކިޔާ އުޅުނުނަމަވެސް ޝަރްޢީ ގޮތުން އެއީ ޢީދު ދުވަހެއް ނޫން. އަދި ރޯދަ ހިފުން ޙަރާމް ދުވަހެއްވެސް ނޫން."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރާއްޖޭގައި ގިނަ ބައަކު ޝައްވާލްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ހަރޯދަ ހިފަން ފަށައެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެ އަޅުކަމަކަށްވެސް އޮތީ އަވަސްވެގަތުމެވެ. ވީމާ ހަރޯދަހިފަންވެސް އަދި ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރަންވެސް އަވަސްގަތުމަކީ އަމަލުކުރަން އެންމެ ރަނގަޅު ގޮތެވެ.
ހަރޯދަ ހިފައި ނިމުމުން ޖެހިގެން އަންނަ ދުވަހަކީ ހަރޯފަވެރިންގެ ޢީދު ދުވަހުގެ ގޮތުގައި މަދު ބައަކު ނަމަވެސް ފާހަގަކުރެއެވެ. ޝައިޚް މިބަސްފުޅު ވިދާޅުވެފައިވަނީ އެކަމުގެ ޝަރުޢީ ޙުކުމް ބަޔާންކުރެއްވުމުގެ ގޮތުންކަން ފާހަގަކުރެވެއެވެ.
ޝައްވާލުމަހުގެ 6 ރޯދަ ހިފާ ނިމިގެން ވިދިގެން އަންނަ ދުވަހަކީ "ހަރޯދަވެރިންގެ ޢީދު ދުވަސް" ކަމުގައި ދިވެހިން ކިޔާ އުޅުނުނަމަވެސް ޝަރްޢީ ގޮތުން އެއީ ޢީދު ދުވަހެއް ނޫން. އަދި ރޯދަ ހިފުން ޙަރާމް ދުވަހެއްވެސް ނޫން.
— Dr.Mohamed Iyaz (@dr_iyaz) May 7, 2022