ދައްޖާލު ފައުޅުވުމުގެ ކުރިން ފެންނާނެ ބައެއް ޢަލާމާތްތައް-

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ދައްޖާލު ފައުޅުވުމުގެ ކުރިން ފެންނާނެ ބައެއް ޢަލާމާތްތައް-

ސ. ޝެއިޚު، ތި ސިފަ ވިދާޅުވީމަ އިނގޭތޯ، މި، ވަރަށް ހުތުރު ސިފައެއް ހުންނަ މީހެއްގެ ވާހަކަ އެހެންނޫންތޯ ތި އަންނަނީ. ދެން އަޅުގަނޑު ހިތަށް އަރަނީ، މީ، އޭނަ އައުމުގެ ކުރިޔަށް ކުޑަކޮށް ޖެހިލާނަން އިނގޭތޯ. އޭނަ އައުމުގެ ކުރިއަށް ފެންނާނެ ޢަލާމާތްތަކެއް ނުވަތަ، އާނ ދެން މިހާރު އެ އުޅެނީ ދައްޖާލު އަންނަންށޭ، އެހެން ހީވާ ކަހަލަ ޢަލާމާތްތަކެއް ހުރޭތޯއޭ ފާހަގަ ކުރެވިފަ. 

ޖ. އޭނަ އައުމުގެ ކުރިޔަށް ފެންނަ ބައެއް ކަހަލަ ކަންތައްތައް ހުރޭ ޢިލްމުވެރިން (ބުނެފަ) 

މިސާލަކަށް އެންމެ ބޮޑު ކަމަކީ މަޙްދީގެފާނު ފާޅުވުން. އެއީ ދެންމެ މިބުނިހެން ކުޑަ ޢަލާމާތްތަކާ ބޮޑު ޢަލާމާތްތަކާ ދެމެދުގަ އެޅޭ ފާލަމެއް. އެހެންވީމަ މަޙްދީގެފާނު ފާޅުވުމަކީ އެންމެ ބޮޑު ޢަލާމާތް ދައްޖާލު ފާޅުވާން އުޅޭ ކަމުގެ. 

އަނެއް ކަމަކީ އޭނަ ފާޅުވުމުގެ ކުރީގައި ދުނިޔޭގައި، މީ، ޚާއްސަކޮށް ޢަރަބީން މަދުވެގެން ދާނެ. ހަމަ އެއާއެކީގަ މުސްލިމުން މަދުވެގެންދާނެ، ވަރަށް ބޮޑަށް މީހުން ނުބައިވެގެން ދާނެ ކަމަށް އަންނަނީ. 

ހަމަ އެއާއެކީގަ އެ ޒަމާނަކީ ވަރަށް ބޮޑަށް އޮޅުވާލެވިފައިވާ ޒަމާނެއް. މީހުންގެ ސިކުނޑި އެއްކޮށް ދޮވެލެވިފަ މުޅި އެއްކޮށް (ކީކޭ ބުނާނީ) އަޅުގަނޑުމެން ޤަބޫލުކުރުން އެއްކޮށް ބަދަލުކޮށްލެވިގެންވާ ޒަމާނެއްގައި، ފިތުނަވެރި ޒަމާނެއްގައި އަންނާނީ މަސީޙުއް ދައްޖާލު. 

އެހެންވެގެން އޭނަ މީހުން އޮޅުވާލަން ފަސޭހަވަނީ. އޭނަގެ ވާހަކަ ރިވާވެގެން އަންނަ ގިނަ އެއްޗެހީގަ އަންނަނީ އޭނައަކީ މީހުން، އޭނަ ބަލާލާ، އޭނައަށް ބަލާލާއިރަށްވެސް މީހުންގެ ސިކުނޑި އެއްކޮށް ކުޅެލާ ބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެކޭ. އެހެންވީމަ އޮޅުވާލުން، 

މިހާރު ބަލާ، އަޅުގަނޑުމެން ބަލާބަލަ އަޅުގަނޑުމެންގެ މުޖްތަމަޢު. މުޖްތަމަޢު އަށް ބަލާލާއިރު މިސާލަކަށް އަޅުގަނޑުމެންގެ ތެރޭގަ ހަމަ މުސްލިމުން އެބައުޅެއޭ ހަމައެކަނި ޤުރުއާން ޤަބޫލުކުރާ. (ނޫންތަ؟) އެމީހުން ދެކޭގޮތުގައި ޤުރުއާނުގަ ނެތް އެއްޗެއް ނެތޭ. ޤުރުއާނުގަވާ ސާބިތު އެއްޗެއް އަޅުގަނޑުމެން ހިފަން ޖެހޭނީ. އެކަމަކު އެއީ ޙަޤީޤީ މުސްލިމުންތޯ ސުންނަތް ދޫކޮށްލައިފިނަމަ. ނުވޭ. 

އެގޮތަށް ބަދަލުކޮށްލަނީ. ވަކި ކަހަލަ ފިކުރުތަކެއް، މިސާލަކަށް އަޅުގަނޑުމެންގެ ތެރޭގަ މިހާރު ވަރަށް ގިނައިން ޢާއްމުވެގެންދޭ އެކިކަހަލަ ފިކުރުތައް. ފެމެނިޒަމް އާ އެލް.ޖީ.ބީ.ޓީ އާ މިކަހަލަގޮސް ބައިވަރު އެއްޗެހިތައް. މީއްޗެހި މިހާރުމީ ނޯރމަލް އެއްޗެއްގެ ގޮތުގަ، ބައެއް ހަމަ މުސްލިމުން އިނގޭތޯ އަޅުގަނޑުމެންގެ ތެރޭގަ އުޅޭ މުސްލިމުން މީއްޗިހި މިދައްކާ މިހިރަދަނީ މަޑުމަޑުން އެއެއްޗެހިތައް މަޑުމަޑުން އަޅުގަނޑުމެންގެ ތެރެއަށް ވައްދާ އޮޅުވާލަމުން. އެހެންވީމަ މި އޮޅުވާލުން މިހިސާބުން ފެށިގެން މިއަންނަނީ. 

އެޒަމާނަށް އަންނައިރު މިހުރިހާ އޮޅުވާލުމެއް އޮންނާނީ އެންމެ ވަރުގަދައަށް ފެތުރިފަ. މީނަ އަންނަނީ މި އޮޅުވާލުން ތަކުގެ އިމާމެއްގެ ގޮތުގަ، ދައްޖާލު. އެހެންވީމަ މީނަ އައުމުގެ ކުރިން އަންނަކަހަލަ ކަންތައްތައް މިހުންނަނީ ބަޔާންކޮށްދީފަ އުންމަތައް ޢިލްމުވެރިންނާ އަދި ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކުގަވެސް.

 

- އައްޝައިޚް އަބްދުﷲ ސަޢުދާން.

 

 

މިއަދު އޮންލައިން