2 ވަނަ ދުވަހުން ފެށިގެން 6 ރޯދަހިފަމުން އައިމީހުން މިއަދު 6 ރޯދަ ހަމަކުރާނެ! ނުހިފޭ މީހުންނަށް އޮތީ މަހުގެ ދެން އޮތް ދުވަސްތަކުގަ 6 ރޯދަ ހިފުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
2 ވަނަ ދުވަހުން ފެށިގެން 6 ރޯދަހިފަމުން އައިމީހުން މިއަދު 6 ރޯދަ ހަމަކުރާނެ! ނުހިފޭ މީހުންނަށް އޮތީ މަހުގެ ދެން އޮތް ދުވަސްތަކުގަ 6 ރޯދަ ހިފުން-

މިއަދަކީ ޝައްވާލް މަހުގެ 7 ވަނަ ދުވަހެވެ. ވީމާ ފިޠުރު ޢީދު ދުވަހަށްފަހު ޝައްވާލުމަހުގެ 2 ވަނަ ދުވަހުން ފެށިގެން 6 ރޯދަހިފަމުން އައިމީހުން މިއަދު 6 ރޯދަ ހިފައި ހަމަކުރާނެއެވެ. މިހައިތަނަށް ނުހިފޭ މީހުންނަށް އޮތީ މަހުގެ ދެން އޮތް ދުވަސްތަކުގައި 6 ރޯދަ ހިފުމެވެ. 

" ޝައްވާލުމަސް ނިމުމުގެ ކުރިން ބަހާލައިގެން ހަރޯދަ ހަމަކުރެވިދާނެ. ވިދިވިދިގެން ހިފުން ލާޒިމެއް ނޫން.": ޑރ. މުޙައްމަދު އިޔާޟް 

ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލުމަހުން 6 ދުވަހު ރޯދަހިފަން ސަމާލުކަން ދެއްވާށެވެ. އެއީ މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާނެ ކަމެކެވެ. ވީމާ އެކަމަށް އިހްމާލް ނުވާށެވެ. 

ފާއިތުވި ދުވަސްތަކުގެ ރޯދަވީއްލާ ވަގުތުތަކުގައި ގިނަ ބައަކު މިސްކިތްތަކުގައި ރޯދަވީއްލިތަން ފެނުނެވެ. ގިނަ ބައަކު ތަކެތިވެސް ހަދިޔާކުރިއެވެ.

މިއަދު އޮންލައިން