ތަނަވަސްކަން ނެތް މީހާވެސް ޙައްޖަށްދާން ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތަނަވަސްކަން ނެތް މީހާވެސް ޙައްޖަށްދާން ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރަންވާނެ!

ތަނަވަސްކަން ނެތި ދަތިޙާލުގައި ދިރިއުޅޭމީހާވެސް ޙައްޖަށްދާން ޢަޒުމްކަނޑައަޅައި އެކަމަށްޓަކައި މަސައްކަތްކުރަންވާނެއެވެ. ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ވިސްނައިލާށެވެ! ކޮންމެ އަހަރަކު ޙައްޖުވާ މީހުންގެ ތެރޭގައި އެތައް ބައިވަރު ފަޤީރުން ހިމެނެއެވެ. އެމީހުންނަށް ޙައްޖަށް އެދެވެނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމުގައެވެ. އެމީހުންނަށް އެކަން ﷲ ތަޢާލާ ހިންމަވައިދެއްވަވަނީއެވެ. ވީމާ އަމިއްލަ އަތުގައި ތަނަވަސްކަން ނެތުމަކީ ޙައްޖަށް ނުދެވޭނެ ސަބަބެއް ކަމަށް ބަލައި އެކަމަށްޓަކައި މަސައްކަތްނުކޮށް ހުރެގެންނުވާނެއެވެ. 

މިސާލަކަށް މަހަކު އެންމެ ފައިސާފޮތްޗެއް ރައްކައުކުރުމަކީވެސް މަސައްކަތްކުރުމެވެ. އަދި އެވަރުވެސް ނުވާ މީހުންނަށް ދުޢާކުރެވޭނެއެވެ. އެއީވެސް ހަމަ މަސައްކަތްކުރުމެވެ. 

ޙައްޖުވާޖިބުވާނީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރުމުންނެވެ. ތަނަވަސްކަން ނެތްނަމަ ވާޖިބެއް ނުވާނެއެވެ. ތަނަވަސްކަން ނެތިގެން ޙައްޖުނުވުމަކުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ތަނަވަސްކަން ލިބި ޙައްޖު ނުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ވީމާ ތަނަވަސްކަން ދެއްވަވައިފިނަމަ އޮތީ އަވަހަށް ޙައްޖުވުމެވެ. ޢުމުރުގެ ފަހުކޮޅުގައި ޙައްޖަށްދާން ހުއްޓައި ތަނަވަސްކަން ގެއްލިވެސްދާނެއެވެ. ނުދެވެނީސް ދުނިޔެދޫކުރަންވެސް ޖެހިދާނެއެވެ. ވީމާ ތަނަވަސްކަން ދެއްވަވައިފިނަމަ އޮތީ ވީހާއަވަހަކަށް ޙައްޖުގެ ފަރުޟު އަދާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން