ރަމަޟާން މަސް ވަކިވިނަމަވެސް ކޮންމެ ރެއަކު ﷲ މީސްތަކުންގެ ބޭނުންތަކާމެދު ސުވާލުކުރައްވަވަތެވެ! ރޭއަޅުކަންކުރުމާ ދުޢާކުރުމާ ދުރުހެލިވާން ހެޔޮނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރަމަޟާން މަސް ވަކިވިނަމަވެސް ކޮންމެ ރެއަކު ﷲ މީސްތަކުންގެ ބޭނުންތަކާމެދު ސުވާލުކުރައްވަވަތެވެ! ރޭއަޅުކަންކުރުމާ ދުޢާކުރުމާ ދުރުހެލިވާން ހެޔޮނުވާނެއެވެ!

ރަމަޟާން މަސް މިކިޔަނީ އަހަރުގެ 12 މަހުގެތެރެއިން އެންމެ މަހަކަށެވެ. ވީމާ އެމަހާއި ބައްދަލުވެ ދާދިއަވަހަށް ދާދިއަވަހަށް ވަކިވެގެންދާނެއެވެ. ރަމަޟާން މަސް ވަކިވުމުން ގިނަ ބައަކު ރޭއަޅުކަމަށް ކަންނެތްވެއެވެ. ނަމަވެސް އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މިހަދީޘްފުޅަށް ނިކަން ވިސްނައިލަބަލާށެވެ! 

"ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. 'ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ."

[صحيح البخاري (1145) وصحيح مسلم 168 – (758)] 

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ގިނަ ކަންތައްތަކަކަށް ބޭނުންވެގެންވާ މީހެކެވެ. ކޮްމެ ކަމެއްވެސް ޙާޞިލުކުރެވެން މިއޮތީ ﷲ ތަޢާލާ އެކަމެއް ފުއްދަވައިދެއްވެވުމުންނެވެ.  

ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ، އަދާކުރަންޖެހޭނެވެސް އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެއްކަން މިބަޔާންކުރި ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެބަ އެނގިގެންދެއެވެ.

ތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުމަށް އުންމީދުކުރާ ޙާލު، ރޭގަނޑުގެ ތިންބައިން ފަހުބައިގައި ރޭ އަޅުކަމުގައި ހޭދަކުރުމަކީ ޞާލިޙު އަޅުންގެ އާދައެކެވެ.

ޢަރަބި ޅެންވެރިން އެބޭކަލުންގެ ޅެންތަކުގައި ބުނެއުޅެއެވެ.

سِهامُ اللَيلِ لا تُخطِي

މާނައީ: "ރޭގަނޑު (ދަންވަރު) އުކާ ދުނިދަނޑި އޭގެ އަމާޒަށް ވާސިލު ނުވެ ނުދާނެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން