ސ. އެހެންވީމަ ޝެއިޚު މީ، ވަރަށް އިންޓަރަސްޓިންގ ވާހަކަތަކެއް އިނގޭތޯ. ދެން މީ، އޭނަ ނުކުމެފަ، މިހާރު ތި ވިދާޅުވިގޮތަށް ދެން އޭނަ އެ ޢިޒުނަ ލިބުމާއެކު ނުވަތަ ދެން އެ އަންނަ ދުވަހެއް އައިމަ އޭނަ އެބަ ނުކުމޭ. ފާޅުވޭ. ދެން ފާޅުވުމަށް ފަހު ކިހިނެތްތޯ އޭނަ އުޅޭނީ؟
ޖ. އާދެ! އޭނަގެ ފިތުނަ ވަރަށްބޮޑު ފިތުނައެއް. ރިވާޔަތެއްގަ އަންނަނީ އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރެއްވި ދުވަހުން ފެށިގެން ދުނިޔެ ނިމެންދެން މިއޮތްހާދުވަހަށް އެންމެ ބޮޑު ފިތުނައަކަށް ދުނިޔެއަށް މެދުވެރިވާނީ އޭނަގެ ފިތުނައެވެ. އޭނަގެ ފިތުނަ އަޑުއައްސަވާ ވަރަށް ގިނަ ރިވާޔަތްތައް ދެން ހަމަ އަޅުގަނޑު ހަމަ ފަހަރަކު ރިވާޔަތެއްގަ އަންނަ ބައެއްކަހަލަ ކަންތައްތައް ޒިކުރު ކޮށްލާނަން.
އޭނަގެ ފިތުނަ ބޮޑުވެގެންދަނީ އޭނަ ދަޢުވާކުރާނެ އޭނައަކީ ކަލެއްގެ ގޮތުގަ. ކަލެއްގެ ގޮތުގަ ދަޢުވާކުރާނެ، ތިމަންނައަކީ އިލާހެކޭ. ދެން އޭނައަށް ތަބާވާމީހުން ބުނާނެ، ތިބާއަކީ އިލާހެއްކަމުގައިވާނަމަ އިލާހެއްކަން ތިމަންނާމެންނަށް ޕްރޫފްކޮށްދޭށޭ. ދަލާލަތުކޮށްދޭށޭ. ބުނީމަ އޭނަ އުޑަށް އިޝާރަތްކޮށްލީމަ އުޑުން ވާރޭ ވެހިގެން އަންނާނެ. ބިމަށް އިޝާރާތް ކޮށްލީމަ ގަސް ފަޅައިގެން އަންނާނެ. އެހިސާބުން އެމީހުން ވަރަށްބޮޑަށް ޤަބޫލު ކުރާނެ، މީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެކަމެއްނޫން.
- އައްޝައިޚް އަބްދުﷲ ސަޢުދާން.