ކޮންމެ ދުވަހަކު މި އަދަދުތަކަށް ސަޖިދަކުރާމީހާގެ މަރު ކޮންމެ ވަގުތަކު ބައްދަލުކުރިނަމަވެސް ހިތާމަކުރާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮންމެ ދުވަހަކު މި އަދަދުތަކަށް ސަޖިދަކުރާމީހާގެ މަރު ކޮންމެ ވަގުތަކު ބައްދަލުކުރިނަމަވެސް ހިތާމަކުރާކަށް ނުޖެހޭނެ! އިން ޝާ ﷲ

ކޮންމެ ދުވަހަކު ވެސް ކޮންމެ މުސްލިމެއްގެ މައްޗަށް 5 ނަމާދު ފަރުޟުކުރައްވަވާފައިވާކަން އެބަ އެނގެއެވެ. އަދި އެނަމާދުތަކުގެ ރަކްޢަތްތަކުގެ އަދަދާއި ރުކޫއާއި ސުޖޫދުތަކުގެ ޢަދަދުވެސް އެބަ އެނގެއެވެ. 

5 ނަމާދުގައި ހިމެނިގެންވަނީ 17 ރަކްޢަތެވެ. އެއީ ފަތިސްނަމާދުގައި 2، މެންދުރު ނަމާދުގައި 4، ޢަޞްރު ނަމާދުގައި 4، މަޣްރިބް ނަމާދުގައި 3، އަދި ޢިޝާ ނަމާދުގައި 4 ރަކްޢަތެވެ. ރުކޫޢަކީ ކޮންމެ ރަކްޢަތެއްގައި އެއްފަހަކުރާ ކަމެކެވެ. ވީމާ އެއީ 17 ރުކޫޢްއެވެ. އަދި ކޮންމެ ރަކްޢަތެއްގައި 2 ފަހަރު ނުވަތަ 2 ސަޖިދަކުރަމުއެވެ. ވީމާ އެއީ 34 ސަޖިދައެވެ. 

ދެން ބަލައިލަންވީ ރަވާތިބް ސުންނަތްތަކަށެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ ރަވާތިބް ސުންނަތްތަކުގެ ތެރެއިން މަދުވެގެން 12 ރަކްއަތް އެބަކުރަންޖެހެއެވެ. ސުވަރުގެއިން ގަނޑުވަރެއް ލިބުން އޮތީ ކޮންމެ ދުވަހަކު 12 ރަކްޢަތްކޮށްގެން ކަމަށްވާތީއެވެ. އެއީ އިތުރު 24 ސަޖިދައެވެ. 

ދެން އަނެއްކާވެސް ސުންނަތަކަށް އެނބުރިލަމާހެއްޔެވެ؟ ޞުޙާ ނަމާދުގައި 2 ރަކްޢަތެވެ. ވިތުރިގައި 3 ރަކްޢަތެވެ. ދެން ޖަހައްޖޔދު ނަމާދެވެ. އެއީ 4 ރަކްޢަތްކަށް ބަލަމާ ހިނގާށެވެ. އެއިރުން އިތުރު އެވީ 9 ރަކްޢަތެވެ. އިތުރު 18 ސޖިދައެވެ. 

ވީމާ ޖުމުލަ މިހަމަވީ 17+ 12+ 9 = 36 ރަކްޢަތެވެ. 34+ 24+ 18 = 76 ސަޖިދައެވެ.. 

ސުންނަތް ނަމާދުތައް އެމީހަކު ކުރަން ބޭނުންވާހައި ވަރަކަށް ކުރުމުގެ ފުރުޞަތު އެބައޮތެވެ. އިތުރަށް ރަކްޢަތްކުރާ ވަރަކަށް ކުރެވޭ ސަޖިދަތައްވެސް ގިނަވާނެއެވެ. ގިނަވިވަރަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެއެވެ. އަހުރެންގެ އިލްތިމާސަކީ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ވެސް ކުރިން ބަޔާންކުރިފަދައިން36 ރަކްޢަތާއި، 76 ސަޖިދަކުރަމުން ގެންދިއުމެވެ. 

އެއިރުން އިން ޝާ ﷲ އެމީހަކަށް އަބަދުވެސް ދާނީ ފަރުޟުނަމާދާއި ސުންނަތް ނަމާދުތައް ކުރެވެމުންނެވެ. ފަހުން ސުންނަތްތައް ކުރަންހުއްޓައި ކުރަން ނުފެށި އުޅެނިކޮށް މަރުއައިސް ބައްދަލުކޮށްގެން އެކަމުގެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން