ރޭގަނޑު ދަންވަރު 2:00 އިން ފެށިގެން ނަމަވެސް މީހަކު އެއްޗެއް ބަހާނަމަ ނިދި ނަގާލާފައިވެސް އެ އެއްޗެއް ލިބިގަންނަން ދާނެއެވެ. ތިއައީ މާދަނަވުރުގެ ވަގުތަކަށްވާތީ ނުދެވޭނެ ކަމަކަށް ނުބުނާނެއެވެ. އަދި ލިބިގަތުމަސްޓަކައި ކިޔޫގެ އެންމެ ކުރިއަށްވެސް އަރަން މަސައްކަތްކުރާނެއެވެ.
ނަމަވެސް ތަޢާލާ ރޭ ގަނޑުގެ 3 ބައިން ފަހު ބައިގައި ބިމުގެ އުޑަށް ތަޖައްލީވެ ވޮޑިގަތުމަށްފަހު "ތިމަން ﷲގެ ޙަޟްރަތުން ކަންކަމު އެދެނީ ކޮން ބައަކުތޯ؟ އެދެނީ ކޮން ކަމަކުތޯ؟ މީސްތަކުންނާއި މުޚާޠަބްކުރައްވަވައި އަދި އެކަންކަން ފުއްދަވައި ދެއްވުމަށްޓައި ފަތިސްވުމާއި ހަމައަށް ތިމަން ﷲ ބިމުގެ އުޑުގައި ދެމިވޮޑިގެންވާކަން" ކޮންމެ ރެއަކު ބަޔާން ކުރައްވަވަމުން ގެންދަވާއިރު ﷲ ތަޢާލާގެ ވަޙީގެ އަޑުފުޅު އަހަރެމެންނަށް އިވޭ ކަމަކަށް ނުވެއެވެ.
މިހައި ދަށު ދަރަޖައަށް މީސްތަކުން މިވަނީ ވެށްޓިފައެވެ. އެހެން ވިއަ ނުދޭށެވެ!
--ޝައިޚް ޢަޒްމަތު ޖަމީލް
ރަމަޟާން މަހު މަދުބައަކު ނަމަވެސް ހިތްވަރުކޮށްލާފައި ރޭއަޅުކަންކުރިއެވެ. ދަމުނަމާދުވެސް ކުރިއެވެ. ބުނަން އޮތީ ދެންވެސް ހޭލާށެވެ. ދަމު ނަމާދުކުރާށެވެ. އަނބިން ދަރިން ފިރިން ލައްވައިވެސް ކުރުވާށެވެ. ނުހޭލާ ނަމަ ލޮލަށް ފެން ބުރުއްސައިގެންވެސް ހޭލައްވުވާށެވެ! ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.