ކުޑަކުދިންނަކީ ﷲ އަށް ބިރުވެތިވާ، ނަމާދުކުރާ ބައަކަށް ހެދުމުގެ ވާހަކައިގެ އަޑުގަދަކުރަންއެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުޑަކުދިންނަކީ ﷲ އަށް ބިރުވެތިވާ، ނަމާދުކުރާ ބައަކަށް ހެދުމުގެ ވާހަކައިގެ އަޑުގަދަކުރަންއެބަޖެހޭ!

މިއަދުރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ތަފާތުވާހަކަތަކުގެ އަޑުތައް އިވެމުންދާއިރު ކުޑަކުދިންނަކީ ނަމާދުކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ވާހަކައިގެ އަޑު އަދި އެއްވެސް ވެރިއެއްގެ ކިބައިން އިވިފައެއް ނުވެއެވެ. 

އެކަމަށް ގޮވާލަންޖެހޭ އިސްލާމިކް މިނިސްޓްރީންވެސް އެފަދަ ބަޔާނެއް ނަމަވެސް ނެރެލިކަންވެސް އަދި އެނގިފައެއް ނުވެއެވެ. 

ޝައިޚް މުޙައްމަދު ހޮބްލޮސް ފަދަ ބޭފުޅުން އަޑުފުޅަށް އެންމެ ބާރުލައްވައި ގޮވާލައްވަނީ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރުމަށެވެ. ފާފަކުރެވުނު ނަމަވެސް ނަމާދުކުރުމަށެވެ. ދަރިންނަށް ދެވޭ އަގުބޮޑު ހަދިޔާތަކާއި އެކުދިންނަށްޓަކައި ހޯދައިދެވޭ ތަނަވަސްކަމަށްވުރެ ކުއްޖާއަށް މުހިންމުވާނީ އަދި ފައިދާކުރާނީވެސް ކުއްޖާއަކީ ނަމާދުކުރާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވިގެންކަން ހުރިހާ ޢިލްމުވެރިންވެސް ފާހަގަކުރައްވައެވެ.

ދަރިން ޤަވާއިދުން މިސްކިތަށް ގެންދާ ބެލެނިވެރިންގެ އަދަދު މަދުކަން ފާހަގަކުރަންޖެހެއެވެ. ވީމާ ކުޑަކުދިންގެ ދުވަގެ ގޮތުގައި ފާހަގަކުރާ ދުވަހުވެސް އަދި ކޮންމެ ދުވަހަކުވެސް ތިމާ ނަމާދުކުރުމާއި ދަރިންލައްވައި ނަމާދުކުރުވުމުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. 

ތިމާއާއި ތިމާގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ﷲ ގެ އަމުރުފުޅެކެވެ. ވީމާ މިއީ އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ.

މިއަދު އޮންލައިން