މިއީ އީމާންކަން ބަލިކަށިވިއަ ނުދިނުމަށް ގިނަގިނައިން ކުރުން މުހިންމު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މިއީ އީމާންކަން ބަލިކަށިވިއަ ނުދިނުމަށް ގިނަގިނައިން ކުރުން މުހިންމު ދުޢާއެއް!

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކީ އެއް މިނެއްގައި އީމާންކަން ހިފެހެއްޓޭ ބައެއް ނޫނެވެ. ބައެއް ދުވަސްވަރު ގިނައިން އަޅުކަން ކުރެއެވެ. ދާދި އަވަހަށް ފަރުވާ ކުޑަކުރެވެން ފަށައެވެ. އިސާހިތަކު ކުރެވޭ އަޅުކަން ވަރަށް ބޮޑުތަނުން މަދުވެގެންދެއެވެ.

ހަމައެފަދއިން ބައެއް ދުވަސްވަރު ފާފަތަކަށް އަރައިގަންނަން ގަންނަ ބިރު ބޮޑުވެއެވެ. އަނެއްބައި ދުވަސްވަރު އެއީ މާބޮޑު ކަމެއް ކަމުގައެއް ނުދެކެވެ. ފާފަކުރަން ބިރެއް ނުގަނެއެވެ.

ކަންކަން މިހެން މިވަނީ އީމާންކަން ކުޑަވާތީއެވެ. އެއްމިނެއްގައި އީމާންކަން ނުހިފެހެއްޓޭތީއެވެ. ވީމާ ކޮންމެ މީހަކުވެސް ޙައްޤުގެ މަގުން އެއްކިބާ ނުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ."

(ޢާލްޢިމްރާން ސޫރަތުގެ 8 ވަނަ އާޔަތް)

 

މިއަދު އޮންލައިން