ސުވާލު:. ޝެއިޚު ކުރީގަ އިޝާރާތްކުރި އޭރުގަ ވަރަށް ދަތިވެފަ އޮންނާނީ ދެއްތޯ ބިންގަނޑު.!
ޖަވާބު:. ލައްބަ! އޭރު ހަމަ މުޅި ބިންގަނޑުވާނީ ވަރަށްބޮޑަށް ދަތިވެފަ. މީހުން ހާޖަތަށް ޖެހިފަވާނީ އެކިކހަލަ އެއްޗެއްސަށް. އެދަނޑިވަޅުގަ މީނަގެ އިޝާރާތަށް މިހެންވީމަ ކިހިނެތްތޯވާނީ. އަދި އެއްފަހަރަކު މީހަކު ގެންނާނެ. ޙަދީޘް ބަސްފުޅުގަ އަންނަނީ، ޞާލިޙު އަޅަކު ގެންނާނެ. ގެނެއްސަ އޭނައާ (ސުވާލު) އޭނަ ބުނާނެ ތިމަންނާއަކީ ރައްބެވެ. ބުނީމަ އޭނަ ބުނާނެ ތިބާއަކީ ރައްބެއް ނޫނޭ ތިބާއަކީ ދައްޖާލޭ. ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވާ މީހާ އެއީ. ބުނީމަ އެމީހާ ދެފަޅިއަށް ފަޅާލާނެކަމަށްވަނީ، ދެފަޅިއަށް ފަޅާލާނެކަމަށް (ފަޅާލާނެކަމަށް). ފަޅާލާފައި އޭނަ ކައިރީގަ ދިރޭށޭ ބުނީމަ އޭނަ ދިރިގެން އަންނާނެކަމަށް.
މިތަން ފެނުނީމާ ގިނަބަޔަކު އޭނައަކީ ރައްބުކަމަށް ޤަބޫލު ކުރާނެ. މިއީ ކޮންމެކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫން. މީ ޢީސާ ޢަލައިހިއްސަލާމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ މުޢުޖިޒާތެއް، މަރުވެފަވާމީހުން ދިރުއްވުން. މިކަހަލަ ކަންތައްތަކެއް މީނަ ކުރާތަން ފެނުނީމަ މިބުނާހެން އީމާންތެރިކަން ދަށްމީހުން ކިހިނެތްތޯ ހަދާނީ.
އެމީހުން ހަމަ ވަގުތުން ޤަބޫލުކުރާނެ. އަދި އޭނަގެ ބަހަށް ކިޔަމަން ނުވާ މީހުން އޭނަ ގޮއްސަ ބާދިޔާތެރެއަށް ވަދެގެން ގޮއްސަ ބުނާނެކަމަށްވަނީ، ތިމަންނާމީ ރައްބުކަމަށް ޤަބޫލުކުރަންހެއްޔޭ. ބުނީމަ ރައްބުކަމަށް ޤަބޫލުކުރެވޭނީ އެއަށް ދަލާލު ދެއްކީމަ. އަޅުގަނޑުމެންވެސް ޤަބޫލުކުރަނީ ކަމެއް ފެނުނީމަ. އޭނަ ބުނާގޮތަށް އޭނަ ބައެއް ދަނޑުބިންތައް، މީހުންގެ، އޭނައަށް ތަބާ ނުވާ މީހުންގެ ދަނޑުބިންތައް އެއްކޮށް ހަލާކު ކުރާނެކަމަށް.
- އައްޝައިޚް އަބްދުﷲ ސަޢުދާން.