އުންމު ސަލަމާ ރަލިޔަﷲ ޢަންހާ 4: އިމާމް ޙަސަނުލް ބަޞަރީ ތުއްޕުޅުއިރު ގެންގުޅުއްވަވައި ކިރުފޮދުވެސް އެރުއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އުންމު ސަލަމާ ރަލިޔަﷲ ޢަންހާ 4: އިމާމް ޙަސަނުލް ބަޞަރީ ތުއްޕުޅުއިރު ގެންގުޅުއްވަވައި ކިރުފޮދުވެސް އެރުއްވެވި!

ޢަލީ އިޙްޞާން ފިރާޤް  

الحسن البصري އެވެ ބުނުމުން އެއީ ކޮން ބޭކަލެއްކަން ނޭނގޭނެ މުސްލިމަކު ހުރުމަކީ ނާދިރުކަމެވެ. އެކަލޭގެފާނަކީ ޠާބިޢީންގެ ތެރެއިން ޢިލްމުވެރިކަމަށް އެންމެ އަރާ ހުންނެވި އެއްބޭކަލެކެވެ.  الحسن البصري ގެ މައިކަނބަލުން  خيرة އަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها  މިނިވަންކުރެއްވި އަޅެކެވެ. އެކަލޭގެފާނުގެ ބަފައިކަލުންނަކީ زيد بن ثابت މިނިވަން ކުރެއްވި އަޅެކެވެ. ނަމަވެސް الحسن البصري ވެވަޑައިގެންނެވީ އިސްލާމްދީނުގެ އާންމުންނާއި ޚާއްޞުންގެ ތެރޭގައި ނަންހުރި ދަރަޖަ މަތިވެރި ޢިލްމުވެރިއަކަށެވެ. މިހުރީ ހައްތަހާވެސް އިސްލާމްދީނުގެ ރީތި ކަމެވެ. 

الحسن البصري އުފެންވީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. الحسن البصري ތުއްޕުޅުއިރު އެކަލޭގެފާނަށް ވަނީ أمّ المؤمنين أمّ سلمة رضى اللّـه عنــها  ގެ އޯގާވެރިކަމާއި އިނާޔަތް ވަރަށް ފުރިހަމައަށް ލިބިވަޑައިގެންފައެވެ.  خيرة، أمّ المؤمنين أمّ سلمة رضى اللّـه عنــها  ގެ ޚިދުމަތުގައި އުޅުއްވާއިރު الحسن البصري އުރުވަޑުވައިގެން ގެންގުޅުއްވަނީ أمّ المؤمنين أمّ سلمة رضى اللّـه عنــها އެވެ.

ބައެއްފަހަރު الحسن البصري ކީރިތި ކުރައްވަން ފެއްޓެވުމުން أمّ المؤمنين أمّ سلمة رضى اللّـه عنــها  އެކަލޭގެފާނަށް ކިރުފޮދުވެސް އަރުއްވައެވެ. ބައެއް ސީރަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނަށް ޙިކުމަތްތެރިކަމާއި ޢިލްމުވެރިކަން ލިބިވަޑައިގެންނެވުމުގެ އެއްސަބަބަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها  އެކަލޭގެފާނަށް ކިރުފޮދު އެރުވުމެވެ.  

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން