"ލޯ ސަލާމަތުން ހުންނައިރު ޓީވީ އާއި ފޯނުން އެމީހަކު ބަލާހިތްވާ ކަންކަން ބެލުމަށް ދުވާލަކު އެތައް ގަޑިއިރެއް އެބަ ހޭދަކުރަމުއެވެ. ނިކަން ބުނެބަލާށެވެ! ކީރިތި ޤްރްއާން ކިޔަވަން މުޞްހަފަށް ބަލަން ދުވާލަކު ހޭދަކުރަނީ ކިހައި އިރެއް ނުވަތަ ވަގުތެއް ހެއްޔެވެ؟ އެންމެ ބައިގަޑިއެއްހައި އިރު ހޭދަކުރަމު ހެއްޔެވެ؟ ދުވާލަކު 30 މިނިޓް އެކަމަށް ހޭދަކުރާ މީހާއަށް ކޮންމެ 60 ދުވަހަކުން ޚަޠިމެއް ކުރެވޭނެއެވެ. ވީއިރު ތިބާއަށް ދެލޯ ދެއްވަވައި ފެނުމުގެ ނިޢްމަތް ދެއްވެވުމުން އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟"
ނިކަން ޖަވާބުދީބަލާށެވެ! ލޯ ސަލާމަތުންހުރިއިރު، ލޮލަށް ފެނުން ދެއްވެވި ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ، ޤުރްއާނަށް ނުބަލާފައި ލޯ އަނދިރިވާން ފެށުމުން ﷲ ތަޢާލާއަށް ދުޢާކުރުމަކީ ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟
އިންސާނުންނަށް ލޮލުގެ ފެނުމާއި އެހެންވެސް ނިޢްމަތްތައް ދެއްވަވަނީ ﷲ ތައާލާއެވެ. ާގިނަ ނިޢްމަތްތައް ދެއްވަވާފައިވަނީ ޢުމުރުން ދުވަސްވީވަރަކަށް އެ ނިޢްމަތް އުނިވާ ގޮތަށެވެ. އެގޮތުން އުމުރުން ދުވަސްވީވަރަކަށް ލޮލުގެ ފެނުންވެސް އުނިވެއެވެ. ލޯބޯ ކޮށިވެއެވެ.
އައިނު އެޅުން، ލެންސް ލެއްވުން ފަދަ ކަންކަންކޮށްގެން ލޮލުގެ ފެނުން ދަމަހައްޓަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް ލިބޭ އުނިކަން ނުލިބޭނެ ގޮތެއް ނުހެދޭނެއެވެ.
ލޮލަށް ފެނުން ދެއްވެވީ ހަމައެކަނި އެމީހާގެ ހިތް އުފާވާ ތަންތަން ބެލުމަކަށް ނޫނެވެ. ލޮލަށް ފެނުން ދެއްވެވި އެންމެ ބޮޑު އެއް ބޭނުމަކީ ކީރިތި ޤްރުއާން ކިޔެވުމެވެ. ނަމަވެސް އެކަން ހަނދާން ހުންނަނީ ހާދަ މަދުބައެކެވެ. ކީރިތި ޤްރްއާން ކިޔެވުންވެސް ހަދާފައި މިވަނީ އުމުރުން ދުވަސްވެ ކުރެވޭނެ އިތުރު ކަމެއް ނެތުމުން ކުރާ ކަމަކަށެވެ. ވީއިރު އެ ނިޢްމަތް ދެއްވެވި އެންމެ ބޮޑު ބޭނުން ކޮބައިހެއްޔެވެ؟
މި ބުނީ އާދައިގެ ވާހަކައެއް ކަމަށް ހީނުކުރާށެވެ! އެހެނީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢްމްތެއްގެ ބޭނުން ހިފި ގޮތާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ! ޖަވާބު ނުދީ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
ލޮލަށް ފެނުން ދެއްވެވި ފަރާތުން އެ ނިޢްމަތް އަނބުރައި ގެންދަވައިފާނެކަމަށް ބިރުވަތިވަނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ބިރުގަނޭ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޝައިޚް އަޙްމަދު ސަމީރު ކުރެއްވި ޓްވީޓެއްގައިވެއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކީރިތި ޤްރުއާނާއިމެދު އަޅަމެން ފާފަކުރުމުގެ ކުށަށް ޢަފޫ ކުރައްވަވާނދޭވެ!"
މި ޓްވީޓްގައި ލައްވަވާފައިވާ ވީޑިއޯ މުސްކުޅިއަކު ވަރަށް ޙާލުގައި ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ ވީޑިއޯއެކެވެ. އެހެންކަމުން ޝައިޚް ސަމީރު ވެސް ފާހަގަކުރައްވަވާފައި އެވަނީ މި މައްސަލަ ކަމަށް ބެލެވެއެވެ.
<blockquote class="twitter-tweet"><p lang="et" dir="ltr">Haddhavaa bodu kurevvi raskalaako! keerithi Quraanaa medhu alhamenge Faruvaa kuda kamuge kushah alhamennah Àfoo kuravvaan dheyve! <a href="https://t.co/e6rjb4J7vS">pic.twitter.com/e6rjb4J7vS</a></p>— Ahmed Sameer (@Ahmadhsameer) <a href="https://twitter.com/Ahmadhsameer/status/1134172716104163328?ref_src=twsrc%5Etfw">May 30, 2019</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>