ތަޢްލީމީ މަންހަޖު އިޞްލާޙްކުރަން ޚުޠުބާގަ މިއަދުވެސް ގޮވާލައިފި! އަޑުއަހާނެ މީހަކު އެބަހުރިތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތަޢްލީމީ މަންހަޖު އިޞްލާޙްކުރަން ޚުޠުބާގަ މިއަދުވެސް ގޮވާލައިފި! އަޑުއަހާނެ މީހަކު އެބަހުރިތަ؟

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މަންހަޖު އިސްލާމް ދީނުގެ އުޞޫލްތަކާއި އެއްގޮތަށް އިޞްލާޙްކުރަން މިއަދުގެ ހުކުރު ޚުޠުބާގައިވެސް ގޮވާލައިފިއެވެ. މިކަމަށް ވަނީ މީގެ ކުރީގެ ބައެއް ޚުޠުބާތަކުގައިވެސް ގޮވާލައިފައެވެ. ނަމަވެސް އަޑުއިވޭ ކަންފަތެއް ހުރިކަމަކަށް ނުވެއެވެ. 

ޚުޠުބާތަކުގައި ގޮވާލުމުގެ އިތުރުން ދީނީ ޢިލްމުވެރިން އެކަމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ގެންދަވާތާ އެތައް އަހަރެއް ފާއިތުވެގެންދިއައީއެވެ. ނަމަވެސް ސަރުކާރުން ކުރާ ކަމަކީ އިސްލާމް ދީނާއި ގުޅުން ނެތް، އިސްލާމް ދީނާއި ބީރައްޓެހި، އިސްލާމް ދީން މަނާކުރާކަންކަން ދަރިވަރުންނަށް އުނގަންނައިދިނުން އިތުރުކުރުމެވެ. 

މިހާރު އެކަންކަން ކުރަނީ ވަރަށް މޮޅަށް ރާވައިގެންނެވެ. ދަރިވަރުންނަށް އެފަދަކަންކަން އުނގަންނައިދީ އެކުދިންގެ ވިސްނުން ތަޣައްޔަރުކޮށްލުވަނީ ބޭރުން އަންނަ މީހަކު ލައްވައެވެ. ކޮންމެވެސް ޖަމާއަތަކުން ހިންގާ ޙަރަކާތެއްގެ ތެރެއިންނެވެ. ކުރާ ސާރވޭއެއްގެ ތެރެއިންނެވެ. ފަހަކަށް އައިސް އިންޑިއާގެ ބައެއް ޓީޗަރުން ވަރަށް ފައުޅުކަންބޮޑު ގޮތެއްގައި ދަރިވަރުންގެ ސިކުނޑިއަށް އިސްލާމްދީނާއި ޚިލާފް ކަންކަން ވައްދައި ޢަޤީދާ ބަދަލުކުރުވަން މަސައްކަތްކުރާ ކަމުގެ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ. 

ސަރުކާރަށް ޤަބޫލުކުރެވިފައި އޮންނަނީ މިހީލަތްތެރި ޢަމަލުތައް ﷲ ތަޢާލާ ދެކެދެނެވޮޑިގެންނުވާނެކަމަށެވެ. ﷲ ތަޢާލާއަށްވެސް އޮޅުވައިލެވޭނެ ކަމަށެވެ.  

މިއަދުގެ ހުކުރު ޚުޠުބާގެ ދުޢާގައި ވެރިންނަށް ނަޞްރުދެއްވުމުގެ ބައި ނެތްނަމަ ވަރަށް އެއީ ވަރަށް ފުރިހަމަ ދުޢާއެކެވެ. ހަމައެކަނި މިބަޔާންކުރި މިންވަރުންވެސް ރާއްޖޭގެ ވެރިންނަށް ނަޞްރުދެއްވެވުން އެދި ދުޢާކުރަން ހެޔޮނުވާނެކަން އެނގިގެންނުދޭތޯއެވެ؟ ވީމާ އިމާމްކުރާ ދުޢާއަށް އާމީންކިޔުމުގައި ކޮންމެ މީހަކުވެސް ސަމާލުކަން ދިނުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. 

ދުޢާގައި ހިދާޔަތާއި ނަޞްރު ދެއްވެވުން އެދޭއިރު އެ ޢިބާރާތުގައި އޮތުން އަޢުލާކަންބޮޑުވެގެންވަނީ ހިދާޔަތުގެ މަގަށް ނަޞްރު ދެއްވެވުމަށެވެ. ހިދާޔަތާއި ނަޞްރު ދެއްވެވުމާއި ހިދާޔަތުގެ މަގަށް ނަބްރު ދެއްވެވުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ.

މިއަދު އޮންލައިން